ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލްކުޅޭ ވެބް ސިރީސް ”ސިޓަޑެލް“ އިންޑިއާ ވާޝަން ގެނެސްދިނުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ފިލްމުގެ އިންޑިއާ ވާޝަންގައި ސަމަންތާ ފެނިގެންދާނީ ޕްރިޔަންކާގެ މަންމަގެ ރޯލުން ކަމަށާއި ޕްރިޔަންކާ ފެނިގެންދާނީ ކުޑަ ކުއްޖެއްގެ ރޯލުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެކްޓަރު ވަރުން ދަވަން ކުޅޭނީ ކޮން ރޯލެއްކަން އަދި ހާމަކޮށްފައިނުވެއެވެ.
”ސިޓަޑެލް“ގެ ބޮޑު ބައެއް ޝޫޓްކުރުމަށް ނިންމާފައި ވަނީ އިންޑިއާގެ މުމްބާއިގެ އިތުރުން ނޯތު އިންޑިއާގައެވެ.
މިސީރީޒް ޑައިރެކްޓްކުރަނީ ރާޖް އެންޑް ޑީކޭ އިންނެވެ. މިއީ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯ ޕްރޮޑިއުސްކުރާ ސްޕައި ތްރިލާ ސީރީޒްއެވެ.