ބޮލީވުޑްގެ ބަތަލް ވިކީ ކޯޝަލް އާއި ސާރާ އަލީ ޙާން ގެ ”ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ“ އަށް ބޮކްސް އޮފީހުގައި ހޫނު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
މި މަހުގެ ޖޫން މަހު ނެރުން މި ފިލްމަށް އަންނަނީ ދުވަހެއް، ދުވަހެއް އިތުރަށް ތަރުހީބު ބޮޑު ވެގެން ކަމަށާއި މި ފިލްމުގައި މި ދެފަންނާނުން ވެސް ދައްކުވާދީފައިވާ ހުނަރަކީ ތަފާތު މޮޅު ހުނަރެއް ކަމަށް ވެސް ބެލުންތެރިން ވަނީ ހާމަކޮށްފައެވެ.
ލޯބީގެ މަޖާ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ ލަކްސްމަން އުތެކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ އިތުރުން މި ފިލްމުގެ ލަވަތަކަށް ވެސް އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.
މި ފިލްމަކީ ސާރާ އާއި ވިކީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މީޑިއާ ތަކުން ހާމަކުރާ ގޮތުގައި މި ދެފަންނާނުން އެކުގައި އަދި އެހެން ފިލްމަކަށް ވެސް ވަނީ ސޮއި ކޮށްފާ ކަމަށެވެ. ނަމަވެސް މިކަން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.