”ލަސްޓް ސްޓޯރީސް 2″ގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި މަހުގެ 29ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ސެގްމަންޓަކުން ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކާޖޮލް ވެސް ފެނިގެންދާނެއެވެ.
ނެޓްފްލިކްސް އިން 2018 ވަނަ އަހަރު ގެނެސްދިން އެންތޮލޮޖީ ފިލްމު ”ލަސްޓް ސްޓޯރީސް“ގެ 2 ވަނަ ބައިގެ ކާސްޓްގައި ތަމަންނާ ބާޓިއާ، ވިޖޭ ވަރުމާ، ނީނާ ގުޕްތާ، މުރްނާލް ތާކޫރް އަދި އަންގަދު ބޭދީ ފަދަ ތަރިންތައް ހިމެނެއެވެ.
މި ފިލްމުގެ ސެގްމަންޓުތަށް ޑައިރެކްޓް ކޮށްފައިވަނީ ސުޖޯއި ގޯޝް، ކޮންކެނާ ޝަރުމާ، އާރް ބަލްކީ އަދި އަމިތް ޝަރުމާ އެވެ.