ރައްޔިތުންގެ މަޖިލީހުގެ %100 އިތުބާރު އެމަނިކުފާނަށް އޮތްކަމަށް ޔަގީން ކަށަވަރުކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ.
”މި މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އޮތްކަން އަޅުަގަނޑަށް ޔަގީން ކަށަވަރު. 87 މެންބަރުންެގެ ތެރެއިން އެންމެ އިއްޒަތްތެރި މެންބަރަކު ވެސް ނެތޭމި ރިޔާސަތަށް އިތުބާރު ނެތް.“
ރިޔާސަތުން ކަން ކުރަމުން ގެންދާނީ ގާނޫނާއި ގަވާއިދާ އެއްތްވާ ގޮތުގެ މަތިން ކަމަށާއި ”އެކަމާ އެއްވެސް މެންބަރަކު ކަންބޮޑުވެލައްވާނެ ކަމެއް ނެތް“ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.