ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރެމުންދާ މިންވަރު ދުވާލަކަށް 1 މިލިއަން ފީފާ މަދުކުރުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
ސައުދީ މި ގޮތަށް ނިންމާފައި މި ވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބެން ހުންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވިފައިވާ އަދި ތެލުގެ އަގުތައް ދަށަށް ދާން އުޅޭކަމުގެ އިޝާރާތްތަކެއް ފެންނަމުން އަންނަ ދުވަސްވަރެއްގައެވެ.
މި މަހުން ފެށިގެން ސައުދީން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރިޔާދުން ބޭނުން ނަމަ ޖުލައި މަސް ނިމުމަށް ފަހު ވެސް ތެޔޮ އުފައްދާ މިންވަރު ދަށްކޮށް ބޭއްވުމުގެ ފުރުސަތު ރިޔާދަށް އޮތްކަމަށް އަބްދުލްއަޒީޒު ވިދާޅުވިއެވެ.
ސައުދީގެ މި ނިންމުމުގެ ސަބަބުން ތެލުގެ އަގަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.