ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުގެ އީއީޒެޑް މައްސަލާގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ރިފްޢަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި ސޮއިކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކާ ގުޅޭ ގޮތުން ދެކުނުގެ އީއީޒެޑްގެ މައްސަލާއާ ގުޅުވައި ދިވެހި ދައުލަތުން ކޮޅު ބަދަލު ކުރީކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެމ ރައީސްގެ ސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާ އެއްވެސް ގުޅުމެއް ނެތް ސިޓީއެއް ކަމަށާއި އިޓްލޮސްގެ 9 ފަނޑިޔާރުންއިޓްލޮސްގެ މައްސަލަ ސާބިތުކުރުމަށް އިޓްލޮސްގެ ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ވެސް ރައީީސް ފޮނުވި ސިޓީއެއް ނުހިމެނޭކަން ފާހަގަކުރަން. އިއްތިފާގުން ނިންމި ހުކުމަށް ވާސިލުވި އެއްވެސް ކަމެއްގެ ތެރޭގައި ސިޓީ ނުހިމެނޭކަމަށެވެ.
”އިޓްލޮސްގެ މައްސަލަ ސާބިތުކުރުމަށް އިޓްލޮސްގެ ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ވެސް ރައީީސް ފޮނުވި ސިޓީއެއް ނުހިމެނޭކަން ފާހަގަކުރަން.“
ރިފްޢަތު ވިދާޅުވީ މައްސަލައިގައި އެއްވެސް ކަމެއް ސިއްރުކުރުމުގެ މަސްލަހަތެއް ނިޔަތެއް ސަރުކާރުގައެއް ނެތްކަން ރައްޔިތުންނަށް ޔަގީންކޮށްދެއްވާ ކަމަށެވެ. އަދި މި މައްސަލާގައި ކާމިޔާބު ލިބުނީ ރާއްޖެއަށް ކަމަށް ވެސް ތަކުރާރުކޮށް ރިފްޢަތު ވިދާޅުވިއެވެ.
”ދުވާލުގެ އިރު ފެންނަ ފަދައިން ސާފު މައްސަލައެއްގައި ސިޔާސީ ބޭނުމަށްޓަކައި މިކަން މައްސަލައަކަށް މި ހަދަނީ.“ ރިފްޢަތު ވިދާޅުވިއެވެ.
އިންޑިޔާ ބައިވެރި އަކަށް ވިޔަސް ގައުމުން ބައެއް ބަޔަކަށް ދިނުން އޯކޭއެއް ނޫން .ކަނޑު ވިއްކާލުމާ ގުޅޭ ސިޓީ އެއީ ލޯބީގެ ސިޓީއެއްދޯ? ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާ?ނޫންނަމަ ދެން ކީއްވެ އެސިޓީ ތިޔަ ފޮރުވަނީ.? މަޖީލީހަށް ނުދީ ފާޑުފާޑުގެ ވާހަކަ ތިދައްކަނީ?