ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕު 2023 ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.
އެ ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 25 ވަނަ ދުވަހެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ މި ކޭމްޕްގައި 7 ޑޮކްޓަރުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. އަބްދުﷲ އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފްގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑަ ހިމެނެއެވެ.
ޓްރީ ޓޮޕްއިން ބުނީ، އެ ހޮސްޕިޓަލުގެ މި ކޭންޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯދާ މީހުން ދައްކަން ޖެހޭނީ 5000 ރުފިޔާއެވެ.