އަވައްޓެރި އިންޑިޔާގެ ބިހާރުގެ ބަގަލްޕޫރުގައި ބޮޑު ހަރަދުކޮށްގެން އަޅަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ.
އެ ބްރިޖުގެ މެދުބައި ހަދަމުން ދިޔައީ ޚަގަރިޔާ އަގުވާނީ އަދި ސުލްތާންގަންޖް އާ ދެމެދު އޮންނަ ގަންގާ ކޯރުގައެވެ.
3 ފޫޓުގެ ބައެއް އެ ބްރިޖުން ވެއްޓިފައި ވަނީ ގަންގާ ކޯރަށް ކަމަށާއި ތޫފާނެއްގެ ސަބަބުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސް އެ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ބިހާރުގެ ޚަގަރިޔާގައި އަގޫވާނީ ސުލްތާންގަންޖް ގަންގާ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން ދިޔައީ 1700 ކްރޯޑް ރުޕީސްއަށް ވުރެ ގިނަ ރުޕީސް ޚަރަދުކޮށްގެންނެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި ބްރިޖް ވެއްޓިފައި ވަނީ 2 ބަޔަކަށެވެ.
އެ ބްރިޖް ވެއްޓިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ބްރިޖް ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ 2 އަހަރު ކުރިން ވެސް ބްރިޖުގެ ބައެއް ވެއްޓިފައިވެއެވެ.