ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާން އޭނަގެ މާމަ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްއާ އެކީ ކުރިއަށް ގެންދިޔަ ޝޫޓިންއެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.
”ހާއްސަ ދުވަހެއް“ ކަމަށް ބުނެ މާމައާއެކު ކުރިއަށް ގެންދިޔަ ޝޫޓްގެ ވީޑިއޯ ސާރާ ޕޯސްޓް ކުރި އެ ވީޑިއޯއިން ”ޗަންދާ ހޭ ތޫ، މެރާ ސޫރަޖު ހެ ތޫ“ މަޝްހޫރު ލަވަ އަޑު އިވިގެންދާ އިރު އެ 2 މީހުން ހަނދާ ދިމާއަށް އިޝާރާތްކުރާ ތަން ވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ.
މި ޝޫޓިންއާ ބެހޭ އިތުރު ތަފުސީލެއް ސާރާ ނުދިން ނަމަވެސް އިންޑިޔާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނޭސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ މާމައާ އެކީ ސާރާ ޝޫޓްކުރީ އިޝްތިހާރެއް ކަމަށެވެ.