ފިލްމު ”އައި ލަވް ޔޫ“ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މީއީ ބަތަލާ ރަކުލް ޕްރީތު ސިންގްއާއި އެކްޓަރު ޕަވައިލް ގުލާޓީގެ ތުރިލާ ފިލްމެކެވެ.
ފިލްމުގެ ފުރަތަމަ ޓީޒާއިން އެކްޓަރު ޕަވައިލް ގުލާޓީ ފެންނަނީ ބަތަލާ ރަކުލް އަދާކުރާ ކެރެކްޓަރު ދެކެ އިންތިހާއަށް ލޯބިވާ މީހެއްގެ ގޮތުގައެވެ.
އެގޮތުން ލޯބިވާ އަންހެން ކުއްޖާ ހާސިލުކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރުވެފައިވާ މީހެއްގެ ގޮތުގައި ޕަވައިލް ފެނެއެވެ. ފިލްމުގެ ޓީޒާ ނިންމާލާއިރު ރަކުލް ފެންނަނީ ތަނެއްގައި ބަންދުވެ އެ ތަނުން ސަލާމަތްނުވެވި ހުންނަ ތަނެވެ.
ޖިއޯ ސިނަމާގައި ފިލްމު ޕްރިމިއާ ކުރުމަށް ނިންމާފައިވާ އިރު މިއީ ލޯބީގެ އަނދިރި ފަރާތް ދައްކުވައިދޭ މި ފިލްމަކީ ޖިއޯ ސްޓޫޑިއޯސްއާއި އެތީނާ ޕްރޮޑަކްޝަންއާއި ގުޅިގެން އުފައްދާ ފިލްމެކެވެ.
ޑައިރެކްޓަރު ނިކިލް މަހާޖަންގެ މި ފިލްމުގައި ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކުރާނީ ޖިއޮތީ ދޭޝް ޕާންޑޭ އަދި ގޯރަވް ބޯސްއެވެ.
މި ފިލްމަކީ ވަރަށް ގިނަ އިމޯޝަންސްތަކާ އެކު ޑްރާމާ އެކުލެވޭނެ ފިލްމެއް ކަމަށް ޖިއޯ ސްޓޫޑިއޯސްއިން ވަނީ ބުނެފައެވެ.