ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ނަފްރަތުގެ ބާޒާރުގައި ލޯބީގެ ފިހާރައެއް ހުޅުވަން ބޭނުން: ރާހުލް ގާނދީ

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ލިޔުނީ: މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
ޖޫން 4, 2023
ދުނިޔެ
0
ނަފްރަތުގެ ބާޒާރުގައި ލޯބީގެ ފިހާރައެއް ހުޅުވަން ބޭނުން: ރާހުލް ގާނދީ

އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ އިންޑިއާ އާއި އެމެރިކާއާ ދެމެދު ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހި ކުރުމަށް  ގޮވާލައްވައި، އިންޑިއާއަކީ ޗައިނާއަށް ވުރެ  އުފެއްދުންތެރި ގައުމަކަށް ހެދުމަށް ދެ ގައުމުން މަޝްވަރާ ކުރަން ޖެހޭ ކަމަށް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ވޮޝިންޓަންގެ ނޭޝަނަލް ޕްރެސް ކްލަބުގައި ކަޝްމީރާ ބެހޭ ގޮތުން ވޮއިސް އޮފް އެމެރިކާގެ އުރުދޫ މީޑިއާއިން ދެންނެވި  ސުވާލަކަށް ޖަވާބު ދެއްވަމުން ރާހުލް ވިދާޅުވީ އޭނާގެ ކޮންގްރެސް ޕާޓީން އިންޑިއާގެ ކޮންމެ ރައްޔިތެއްގެ ޑިމޮކްރެޓިކް ހައްގުތައް ގަބޫލުކުރާ ކަމަށާއި ޖައްމޫ-ކަޝްމީރުގެ ޑިމޮކްރެޓިކް އަސާސްތައް ރަނގަޅު ކުރައްވާނެ ކަމަށެވެ.

”ރަނގަޅު ކުރަން ޖާގަ އެބައޮތް.“ އޭނާ ވިދާޅުވިއެވެ.

ކަޝްމީރުގެ ހަމަނުޖެހުން: ރައްޔިތުން ބޭނުން ވަނީ މިނިވަންކަން

ކަޝްމީރުގެ ރައްޔިތުން ގަބޫލު ކުރަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި އެމީހުންނަށް ލިބެމުން ދަނީ ތާރީޚު ކުރިން ދެކެފައި ނުވާ ފަދަ އަނިޔާތަކެއް ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަރުކާރުގެ އިގުތިސާދީ އަދި ސިޔާސީ ސިޔާސަތުތަކަށް ރާހޫލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރާހުލް ގާނދީ ވިދާޅުވީ 2024 ވަނަ އަހަރުގެ އިންތިހާބުގެ ނަތީޖާ ނިކުންނާނީ ހައިރާން ކުރުވަނިވި ގޮތަކަށް ކަމަށެވެ. ބޮޑުވަޒީރު މޯދީގެ އަބުރުގެ މައްސަލައިގައި ރާހުލް ގާނދީ ވަނީ އެގައުމުގެ ލޯކް ސަބާއިން ވަކިކޮށްފައެވެ.

ބޮޑު ވަޒީރު މޯދީ: ބީޖޭޕީއަށް ކަރުނާޓަކާ އިންތިޚާބުން ބޮޑު ނާކާމިޔާބީއެއް ލިބުނީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ހިންދޫންނާއި އިންޑިއާގެ ބައިމަދު އެހެން މަޒުހަބުތަކުގެ މީހުންގެ މެދުގައި ނަފުރަތާއި ހަމަނުޖެހުން އުފެދި ގައުމުގެ ދާޚިލީ ހަމަނުޖެހުމަށް ވަނީ ނުރައްކާ ވެފައެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވީ ކޮންގްރެސްގެ ވެރިކަމެއްގައި ނަފުރަތުގެ ބާޒާރުގައި ލޯބީގެ ފިހާރައެއް ހުޅުވަން ބޭނުންވާ ކަމަށެވެ.

އިންޑިއާގެ ކަޝްމީރާއި ޕަންޖާބާއި މަނިޕޫރުން ވަކި ގައުމެއް އުފައްދައި މިނިވަން ވުމުގެ ހަރަކާތްތައް ހިންގަމުން އެބަ ދެއެވެ.

”އަންނަ އަހަރުގެ އިންތިހާބުގެ ނަތީޖާއިން މީހުން ހައިރާން ވާވަރުގެ ކަންތައްތަކެއް ފެނިގެން ދާނެ ހެން އަޅުގަނޑަށް ހީވަނީ.“ އަންނަ އަހަރުގެ އިންތިހާބާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ރާހުލް ވިދާޅުވީ އަންނަ އަހަރުގެ އިންތިޚާބު ބޮޑުވަޒީރު މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ ކާމިޔާބު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންޑިއާގެ އިދިކޮޅު ފަރާތްތަކަކީ އެއްބައިވަންތަ ބައެއް ކަމަށާއި ބީޖޭޕީ ބަލިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާހުލް ގާނދީ ވަނީ މި އަހަރު ކަރްނާޓަކާގައި ބީޖޭޕީއާ ދެކޮޅަށް ކޮންގްރެސްއިން ހޯދި އާދަޔާ ޚިލާފު ކާމިޔާބީއަށް ވެސް އިޝާރާތް ކުރައްވާފައެވެ.

އުމުރުން 52 އަހަރުގެ ރާހުލް ވިދާޅުވީ އިންޑިއާގެ އިގުތިސާދު ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް ދެކޭ ތަސައްވުރަކީ ގިނަ ކަންތައްތަކަކަށް އަޅާނުލައި ދައްކާ ވާހަކައެއް ކަމަށެވެ. އެ ކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ ގައުމުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވަރަށް މަތީ ރޭޓެއްގައި އޮތްއިރު އިންފްލޭޝަން ވެސް ވަރަށް މަތި ކަމަށެވެ.

މިނިވަން ނޫސްވެރިކަމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އިންޑިއާގައި ނޫސްވެރިކަމުގެ މިނިވަންކަން ބޮޑު ވަޒީރު މޯދީގެ ވެރިކަމުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އިންޑިއާގައި މިނިވަން މުއައްސަސާތައް ބޭނުންވާ ކަމަށް ވިދާޅުވެ، މިހާރުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ގައުމުގެ މިނިވަން މުއައްސަސާތައް ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް ރާހުލް ވިދާޅުވި އެވެ.

އިންޑިއާއާއި އެމެރިކާގެ ދެގައުމުގެ ގުޅުމާ ގުޅޭގޮތުން ރާހުލް ގާނދީ ވިދާޅުވީ މި ގުޅުންތައް ވާންޖެހޭނީ ފުޅާ ދާއިރާއެއްގައި ދެކޮޅަށް ދަތުރު ކުރެވޭ ހައިވޭއެއް ފަދައިން ކަމަށާއި ދިފާއީ ދާއިރާގެ އިތުރުން އެކި ދާއިރާތަކުން ދެގައުމުން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

ޗައިނާއާ ގުޅޭގޮތުން ރާހުލް ވިދާޅުވީ އުފެއްދުންތެރިކަމުގެ ދާއިރާއިން އިންޑިއާއަށް ޗައިނާއާ ކާމިޔާބުކަމާއެކު ވާދަކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ކުރެވޭނީ އުފެއްދުންތެރިކަމާއި އެކްސްޕޯޓްގެ ދާއިރާއިން ވެސް ކުރިއެރުންތަކެއް ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީޖޭޕީގެ ވެރިކަމުގައި އިންޑިއާއަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ގައުމުގެ އެތައް މިލިއަން ބަޔަކު ގަބޫލުކުރާގޮތަށް ބީޖޭޕީގެ ވެރިކަމުގައި ގައުމުގައި ކޮރަޕްޝަނާއި ނަފުރަތާއި ހަމަނުޖެހުން ވެސް ފެތުރިފައި ވާކަމަށް އިންޑިއާގެ އެތައް މިލިއަން ބަޔަކު ގަބޫލު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

10 އަހަރުގެ މެދުކެނޑުމަކަށް ފަހު ލީބިޔާ އާއި އިޓަލީއާ ދެމެދު ވައިގެ ދަތުރުތައް ފަށައިފި

10 އަހަރުގެ މެދުކެނޑުމަކަށް ފަހު ލީބިޔާ އާއި އިޓަލީއާ ދެމެދު ވައިގެ ދަތުރުތައް ފަށައިފި

އޮކްޓޯބަރ 2, 2023
އީރާނުގެ ސެޓެލައިޓް ކާމިޔާބުކަމާއެކު އޯބިޓަށް ގޮސްފައިވާކަން އެމެރިކާއިން ޤަބޫލުކޮށްފި

އީރާނުގެ ސެޓެލައިޓް ކާމިޔާބުކަމާއެކު އޯބިޓަށް ގޮސްފައިވާކަން އެމެރިކާއިން ޤަބޫލުކޮށްފި

އޮކްޓޯބަރ 2, 2023
ނިއު ޔޯކުގައި ފެންބޮޑުވެ ކުއްލި ހާލަތު އިއުލާންކޮށްފި

ނިއު ޔޯކުގައި ފެންބޮޑުވެ ކުއްލި ހާލަތު އިއުލާންކޮށްފި

އޮކްޓޯބަރ 2, 2023
އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދުގެ ލޭންޑިން އޭރިއާ އާއި މެދު ޗައިނާއިން ސުވާލު އުފައްދައިފި

އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދުގެ ލޭންޑިން އޭރިއާ އާއި މެދު ޗައިނާއިން ސުވާލު އުފައްދައިފި

އޮކްޓޯބަރ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In