ވިލާތު އަލުވި ނުވަތަ އަލުވި ގަހުގެ ފަތާއި ގާތްގޮތަކަށް ފަތް ހުންނަ، ވާކޮށް ހެދޭ ގަހެއްގެ މޭވާއެކެވެ. މިދޮންވީމާ ހުންނަނީ، ރަތްކުލަ ނުވަތަ ރީދޫ ކުލައިގައެވެ. ވިލާތު ބަށީގެ ތަފާތު އެތަކެއް ވައްތަރުތައް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަނީ ރަތް ކުލަ، އަދި ރީނދޫ ކުލައިގެ ވިލާތު ބައްޓެވެ. ދިވެހި ބަހުން ވިލާތު ބައްޓަށް މިހާރު ޓޮމާޓޯ ވެސް ކިޔައި އުޅެއެވެ.
ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓްސްއިން މުއްސަނދިވެފައިވާ ޓޮމާޓޯއަކީ ހަށިގަނޑުގައިވާ ނުރައްކާތެރި ކެެމިކަލްތައް ހަށިގަނޑުން ބޭރުކޮށްދޭން އެހިތެރިވެދޭ މޭވާއެކެވެ.
ޓޮމާޓޯގައި 95 ޕަސެންޓު ފެން އެކުލެވިގެންވާ އިރު 5 ޕަސެންޓު ކާބޯހައިޑްރޭޓްސް އެކުލެވިގެންވެއެވެ.
ރޯ ޓޮމާޓޯއެކޭ އެއްފަދައިން ޓޮމާޓޯ ޖޫހަކީ ވެސް ނުހަނު ފައިދާ ހުރި އެއްޗެކެވެ. ޓޮމާޓޯ ޖޫހަކީ ހަށިގަނޑުގައި ކޮލާޖެން އިތުރުކޮށްދޭ މޭވާއެކެވެ. އެހެންކަމުން ޓޮމާޓޯ ޖޫސް ބޯ މީހުންގެ އިސްތަށިގަނޑާއި ހަންގަނޑު ރީތިކޮށްދެއެވެ. މީގެ އިތުރުން ޓޮމާޓޯ ޖޫހުގައި ހިމެނޭ ވިޓަމިން އޭ އާއި ލައިކޯޕީންގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ.
ޓޮމާޓޯ ޖޫހުން ލިބިދޭ ސިއްހީ ބައެއް ފައިދާތައް:
ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދޭ
ކޮލެސްޓްރޯލް މައްޗަށް ދާނަމަ އަވަހަށް ރޯ ޓޮމާޓޯ ޖޫސް ބޭނުންކުރާށެވެ. ޓޯމާޓޯ ޖޫހުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭއިރު އޭގެ ސަބަބުން ކޮލެސްޓްރޯލް މައްޗަށް ދިއުމުން ދުރުކޮށްދެއެވެ.
ބަރުދަން ލުއިކުރުމަށް އެހީވެދޭ
ޓޮމާޓޯ ޖޫހުން ލިބިދޭ އެންމެ ބޮޑު ފައިދާއަކީ ބަރުދަން ލުއި ކޮށްދިނުމެވެ. ޓޮމާޓޯ ޖޫހުގައި ސޯޑިއަމް އެކުލެވޭ މިންވަރު ދަށް އިރު އޭގައި ގިނަ އަދަކަށް ފައިބާ އެކުލެވެއެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި ބަނޑުހައި ހޫނުކަމުން ދުރުކޮށްދެއެވެ.
ހަންގަނޑަށް ރީތިކޮށްދޭ
އޮމާން ރީތި ހަންގަނޑެއް ބޭނުންނަމަ ޓޮމާޓޯ ޖޫސް ބޭނުން ކުރާށެވެ. ޓޮމާޓޯ ޖޫސް ބޭނުންކުރާނަމަ އޮށާޅަނެގުމާއި ހަންގަނޑު ތެޔޮވުމުން ދުުރުކޮށްދެއެެވެ.
ދުވާލަކު އެއްފަހަރު ޓޮޮމާޓޯ ޖޫސް ބުއިމަކީ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ދަމަހައްޓައިދޭނެ ކަމެކެވެ.