ސިނަމާލެ ބުރިޖު މަތިން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 16:09 ހާއިރު ކަމަށާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން 16:20 ގައި އަލިފާން ނިއްވާލައިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
“މި ހާދިސާގައި އެކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި.“ އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް ކާރުގައި އަލިފާން ރޯވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.
ދާދިފަހުން މާލޭގައި ދުއްވާފައިދިޔަ ސައިކަލެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.
ސިނަމާލެ ބުރިޖު މަތިން ދަތުރުކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން އަލިފާން ރޯވެފައިވާ ކާރު އޮތް ސަރަހައްދުގައި އެމްއެންޑީއެފުގެ ފަޔަރ ލޮރީއެއް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދެއެވެ.
މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް އަދި ސާފެއް ނޫނެވެ.
ތަފްސީލް އަންނަނީ.