ގދ.ތިނަދޫ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ 48 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ފުލުހުންގެ އިދާރާއިން ބުނީ ތިނަދޫ ގެއެއްގައި 48 އަހަރުގެ ބިދޭސީ ފިރިހެނަކު މަރުވެފައި އޮތްކަމަށް މިއަދު 13:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުންގެ އިދާރާއިން ބުނީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.