ބްލޮކް ބަސްޓާ ފިލްމު ”ޔޭ ޖަވާނީ ހެއި ދީވާނީ“އަށް 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އަޔާންގެ އިންސްޓަގްރާމުގައި ހިއްސާ ކުރި ފޮޓޯތަކެއްގައި ފިލްމުގެ އެންމެ މުހިންމު ރޯލުތަކުން ފެނުނު ދީޕިކާ ޕަދުކޯން އާއި ރަންބީރް ކަޕޫރާއި އަދިތުޔާ ރޯއީ ކަޕޫރް އަދި ކަލްކީ ކީކްލާއި ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ އިތުރުން ފިލްމުގައި މަސައްކަތްކުރި ޓީމު އެއްކޮށް ތިބިތަން ފެނުނެވެ.
މީގެ އިތުރުން އެ ފިލްމަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ވީޑިއޯއާއެކު އަޔާން ވަނީ އޭނާގެ އިހުސާސްތައް ކެޕްޝަންގައި ލިޔެލާފައެވެ.
”ޔޭ ޖަވާނީ ހޭ ދީވާނީ“ ފިލްމު ކުޅުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފަލެއް ކަމަށާއި އެ ފިލްމުން ހާސިލްވި ކަންކަމަކީ އޭނާއަށް ލިބޭ ދާއިމީ ފަހުރެއް ކަމަށް ވެސް އަޔާން ބުނެއެވެ.
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަޔާން މުކަރްޖީގެ 2013 ވަނަ އަހަރު އުފެއްދި މި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. މި ފިލްމަށް 10 އަހަރު ފުރުނީ މިދިޔަ ބުދަ ދުވަހުއެވެ.