ފައިތިލައަކީ އަޅުގަނޑު މެންނަށް އަޅާނުލާ ދޫކޮށްލެވިފައިވާ ހަށިގަނޑު ގެ ވަރަށް މުހިއްމު ގުނަވަނެކެވެ. ތިބާގެ އަމިއްލަ ނަފްސަށްދޭ ސަމާލުކަން އެންމެ ބޮޑަށް ދައްކުވައިދޭ އެއްޗަކީ ވެސް ތިބާގެ ފައިތިލައެވެ.
މޫނާއި ހަށިގަނޑު ގެ އެހެނިހެން ގުނަވަންތައް ސާފްކޮށް ރީތިކޮށް ބަހައްޓާ އިރު ފައިތިލަ ހުންނަނީ އެއްވެސް އަޅާލުމެއްނެތި އެއްލާލެވިފަވާ ގުނަވަނެއް ފަދައިންނެވެ.
ފައިގެ ހަންބޯވުމާ ފަޅައިން ދިއުމާ ނިޔަފަތިތަށް މަރުވުންފަދަ ކަންތަކުން ފައިތިލަ ސަލާމަތްކޮށް ރީތިކޮށް ބެހެއްޓުމަށް ޓަކާ ފައިތިލައަށް ވެސް އަޅާލުމާއި ލޯބި ބޭނުންވެއެވެ.
ފައިތިލައިގެ ހަންބޯވާސަރަހައްދުތައް އުނގުޅަން ބޭނުންކުރާ އެއްޗަކުން އުގުޅާ ނިޔަފަތިތަށް ބުރުހަކުން އުގުޅާ ސާފްކޮށް ފައިތިލަ ކުރަކިނުވާނެހެން ލޯޝަން ނުވަތަ މޮއިސްޗައެއް ބޭނުންކޮށް ރީތިކޮށް ބަލަހައްޓާށެވެ.
ގޭގައި އަމިއްލައަށް ވެސް މަހަކުއެއް ފަހަރު ނަމަވެސް ޕެޑިކިއޯ އެއް ހަދާލާ ފައިތިލަ މަސާޖުކޮށްލުމަކީ ފައިތިލަ ރީތިވުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ވަރަށް ރަގަޅު ފަރުވާއެކެވެ.
ފައިތިލައަކީ މޫނަށްވުރެ ބޮޑަށް ތިބާގެ ޝަޚްސިއްޔަތާއި ދުޅަހެޔޮކަން ހުރި މިންވަރު ދައްކުވައިދޭ ގުނަވަނެކެވެ. އެއާމެދު ފަރުވާކުޑަ ނުކުރާށެވެ.