ޝިވާންގީ ޖޯޝީ އާއި ކުޝާލް ޓަންޑަން ލީޑް ރޯލުން ފެންނާނެ ސިލްސިލާ ”ބަރުސާތޭ“ގެ ޕްރޮމޯ ސޮނީ ޓީވީން ދައްކަން ފަށައިފިއެވެ.
މި ސިލްސިލާގެ ޕްރޮމޯ ބެލުންތެރިންނަށް ދައްކަން ފެށި ނަމަވެސް އެ ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.
ލޯބީގެ ވާހަކައެއް ކިޔައިދޭ ”ބަރުސާތޭ“ ވަރަށް އަވަހަށް ދައްކަން ފަށާނެ އެ ކަމަށް ޕްރޮމޯގައި ބުނެފައިވެއެވެ.
މި ސިލްސިލާގައި ޝިވާންގީ އާއި ކުޝާލް އެކީ ފެނިގެންދާ އިރު މިއީ މި 2 ތަރިންއެކުގައި ބެލުންތެރިނަށް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.