އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ބަޑިޖަހައި ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތުއްތު ކުއްޖަކު ޒަހަމުކޮށްލައިފިއެވެ.
މި ހަމަލާގައި ޒަހަމުވި ތުއްތު ކުއްޖާގެ އުމުރަކީ އެންމެ 2 އަހަރު ކަމަށާއި އެ ކުއްޖާގެ ހާލު ސީރިޔަސް ކަމުގައި މީޑިޔާތަކުން ރިޕޯޓްކުރެއެވެ.
އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ހުޅަނގުއުތުރުގައި އޮންނަ ނަބީ ޞާލިޙުގައި ޔަހޫދީ ސިފައިން ހިންގި އުދުވާނުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ޒަހަމުކޮށްލާފައެވެ.
މި ވަގުތު އޮތީ ރާމަލޯގެ ހޮސްޕިޓަލުގައި އެ ކުއްޖާގެ ބައްޕަ ވެސް އެޑްމިޓްކޮށްފައިވެއެވެ.
އެ ދެބަފައިން ޒަހަމުކޮށްލާފައި ވަނީ އެ މީހުން ދަތުރު ކުރަމުންދިޔަ ކާރަށް ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ދިން ބަޑީގެ ހމަލާގައެވެ.
ޔަހޫދީ ސިފައިން އެ ކާރަށް ހަމަލާ ދީފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމަށާއޮ ހަމަލާ ދިނުމުގެ ކުރިން އެ ރަށް ބަންދުކޮށްފައިވާ ކަމުގައި ފަލަސްޠީނުގެ މިނިވަކަން ކަމަށް އަޑުއުފުލާ އެކްޓިވިސްޓުން ބުނެއެވެ.