ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދަވާ ސްކޮލަރޝީޕްގެ 2 ވަނަ ބުރު ފައްޓަވައިފިއެވެ.
ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސްކޮލަރޝިޕްގެ 10 ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
މި ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސެއް އަދި ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ސްކޮލަރޝިޕްގެ 10 ފުރުޞަތަށް އެދުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެވެ.
ސްކޮލަރޝިޕަށް ހޮވޭ ޕްރިންސިޕަލުން ކިޔެވުމަށް ހަމަޖެހިފައި ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިންނެވެ.
މި މަސައްކަތުގެ ދަށުން އަހަރަކު 20 ޕްރިންސިޕަލުން ތަމްރީން ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.