ގްރޭޓާ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް ބަސްތަކުގެ ޗާޖިން ސްޓޭޝަން ޤާއިމްކޮށްފިއެވެ.
މިޗާޖިން ސްޓޭޝަންތައް ޤާއިމްކޮށްފައި ވަނީ، ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކުއެވެ.
މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލްގައި ޤާއިމްކުރެއްވި ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީއާއި، ޔޫއެންީޕީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އީވީ ބަސް ޗާޖިން ސްޓޭޝަން ހުޅުއްވައިދެއްވައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ، މިއީ ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ޙާޞިލުކުރުމުގައި ކާމިޔާބުވި މުހިންމު ލަނޑުދަނޑިއެއްކަމަށާއި ތިމާވެއްޓައި ރައްޓެހި ދެމެހެއްޓެނިވި މަސައްކަތްތަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް އެމްޓީސީސީން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ.