ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޗާގޯސް މައްސަލައިގައި ގާސިމް އިބްރާހީމްގެ ދެއުޅިއަށް ނުވާ ސިޔާސަތު

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
ޖޫން 2, 2023
ފީޗަރ, ޚަބަރު
0
މިނިސްޓާރ އަމީން އިސްތުފާ ދެއްވާ – ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ދިވެހި ކަނޑު ވިއްކާލީކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ އެއްވުމުގައި ބައިވެރި ނުވާން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް  ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލެއްވުމާ ގުޅިގެން ޕީއެންސީގެ ރައީސް  ޢަބްދުއްރަޙީމް (އަދުރޭ) ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހައިގައި ބުދަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ކަނޑު ވިއްކާލި މައްސަލައިގައި ގޯސް ހެދީ ކޮން ބައެއް ކަމާއި އެކަމުގައި ބައިވެރިވީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް ހުކުރު ދުވަހުގެ ރޭ އެނގޭނެ ކަމަށާއި އެ އެއްވުމަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކީ ވެސް މި ޖަރީމާގައި ބައިވެރިވި ބޭފުޅެއް ކަމަށެވެ.

”ހަމަ އަނގަފުޅާކޮށްފައި ވިދާޅުވާންވީތޯ މި އުޅެނީ ގައުމުގެ ހައްގުގައޭ؟ ގައުމުގެ ހައްގުގައެއް ނޫން އެ އުޅެނީ. އަމިއްލަ ނަފްސުގެ ހައްގުގައި އެ އުޅެނީ. އަމިއްލަ ވިޔަފާރީގެ ހައްގުގައި އެ އުޅެނީ.“ ގާސިމަށް ބަހުގެ ހަމަލާތައް އަމާޒު ކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.

ކަނޑު ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުގައި ޖޭޕީ ވެސް ބައިވެރިވެއެވެ. އެ ކޯލިޝަނުގައި ޖޭޕީ ތަމްސީލު ކުރައްވަނީ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސެއިން އެވެ. އެ ކޯލިޝަނުގައި ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، ”ދަ ޑިމޮކްރެޓްސް“ އާއި އެމްއެންޕީ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު ޢާޒިމާ ޝަކޫރާއި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވެސް އެ ކޯލިޝަންގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ޕީޕީއެމް ޖަގަހައިގައި އަދުރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކަންތައް ކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް އުނިވެގެން އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަން ބަޔަކު ނިކުތުމުން އެތަނަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ލީޑަރަކު ރައްޔިތުންގެ ވޯޓަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ސަބަބާ މެދު ވެސް ސުއާލު އުފެއްދެވިއެވެ.

އަދުރޭ ވިދާޅުވީ ލީޑަރުންނަކީ ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލާން ކެރޭ ބައެއް ކަމަށެވެ. އަދި ގައުމުގެ ހައްގުގައި ނިކުންނަވާ ލީޑަރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އިދިކޮޅުން ބާއްވާ އެއްވުމުގައި ގައުމުގެ ހައްގުގައި ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ އެއްވުމުގައި ބައިވެރިވެވަޑައިނުގެން ހުންނަވައި އަދި އެއްވުމުގައި ބައިވެރިނުވާން ގޮވާލާ ލީޑަރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުޅުއްވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގާސިމަށް ފާޑުވިދާޅުވަމުން ”އަމިއްލަ ވިޔަފާރީގައި ކުރިއަށް ވަޑައިގަންނަވާށޭ. އަނެއްކާވެސް ހަތަރު ފަޅާއި ފަސް ފަޅު ރަށް ހޯއްދެވޭތޯ ބައްލަވާށޭ.“ ވެސް ވިދާޅުވި އެވެ.

ދިވެހި ކަނޑު ވިއްކާލުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ބައިވެރި ނުވާން ޖުމްހޫރީ ޕާޓީގެ

މެމްބަރުންނަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ވަނީ  ހުކުރު ދުވަހުގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރި ނުވުމަކީ އޭނާގެ ނަސޭހަތާއި އިލްތިމާސެއް ކަމަށެވެ.

”2 ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުގެ އިޚްލާސްތެރި ނަސޭހަތާއި އަދި އިލްތިމާސްއެއް.“ ގާސިމްގެ މެސެޖުގައި ވެއެވެ.

ޗާގޯސް މައްސަލަ ނިމުނު ގޮތާ ގުޅިގެން ގާސިމް ކުރިން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލަ ނިމުނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި އިގުތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ”އިޓްލޮސް“ގެ ހުކުމާ އެކު ގެއްލިއްޖެ ކަމަށާއި އެ ހުކުމާ ގުޅިގެން ދިވެހިންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހިންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެ ހުރިހާ ވާހަކައެއް ދެއްކެވި ގާސިމް އިބްރާހީމް، ޗާގޯސް މައްސަލައާ ގުޅިގެން ސިޔާސީ އިއްތިހާދީން ގުޅިގެން ބާއްވާ ބައްދަލުވުމަށް ޖޭޕީގެ މެންބަރުން ނުދިއުމަށް ގޮވާލެއްވުމުން އެކަމަށް ފާޑުވިދާޅުވެ ބޭފުޅަކު ވިދާޅުވީ، ”ގާސިމަކީ ކަނޑު ވިއްކާލުމުގެ ބައިވެރިއެއް. އެހެންވީމާ ނުދާށޭ ބުނާނެ ނޫންތޯ؟“

އެހެން ބޭފުޅަކު ގާސިމަށް ފާޑުވިދާޅުވެ ލިއުއްވާފައި ވަނީ ”އަހަންނަށް މީނާއަށް ވޯޓު ދެވޭކަށް ނެތް. ގައުމަށްވުރެ އިސްކުރީ އަމިއްލަ މަސްލަހަތު.“

އެހެން ބޭފުޅަކު ވިދާޅުވީ ގާސިމްގެ ކިބައިގައި ގައުމީ ލޯބީގެ ކަންފުޅެއް ވެސް ނެތް ކަމަށެވެ.

މިރޭ  ޗާގޮސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ބައިވެރި ނުވުމަށް ގާސިމް އިބްރާހީމް އޭނާގެ ޕާޓީގެ މެންބަރުންނަށް އިލްތިމާސް ކުރެއްވި ނަމަވެސް، ޖުމުހޫރީ ޕާޓީގެ މެމްބަރުން އެ ޖަލްސާގައި ބައިވެރިވާނެކަމަށް ޗާގޮސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ޗާގޮސް ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޯލިޝަންގައި އެމްއެންޕީ ތަމްސީލު ކުރައްވާ އަޙުމަދު އުޝާމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ރަސްމީ ސިފައެއްގައި މިކަމުގައި (އެއްވުމުގައި) ބައިވެރި ނުވި ކަމުގައި ވިޔަސް، ޖުމްހޫރީ ޕާޓީގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތާއީދު އަޅުގަނޑުމެން ކުރިއަށް ގެންދާ ހަރަކާތަށް އެބައޮތް ކަމަށެވެ.

މަސްލަހަތޭ ވިދާޅުވެ 2 ޖޫންގެ މުޒާހަރާގައި ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ އިޚްލާސްތެރި ނަސޭހަތާއި އަދި އިލްތިމާސެއް ކަމަށް ގާސިމް އިބްރާހީމް ވިދާޅުވުމުން އެކަމަށް ފާޑުވިދާޅުވި ބޭފުޅަކު ލިއުއްވާފައި ވެއެވެ.

”މީ ކޮންކަހަލަ ވިޔާ ނުދާ ވެރިއެއް. ވެރިކަމަކަށް ކުފޫ ހަމަނުވޭ.“

ގުޅުންހުރި ލިޔުންތައް

”ޕްރައިމަރީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށްވާނެ“

ނަޝީދު އެމްޑީޕީއަށް ގެންނަން އެންމެން ތާއީދު ކުރިޔަސް އަޅުގަނޑު ނުކުރާނަން: އިބުރޭ

އޮކްޓޯބަރ 2, 2023
13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

އޮކްޓޯބަރ 2, 2023
ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

އޮކްޓޯބަރ 1, 2023
އިންތިޚާބީ ހައްގު އަދާކުރުމުގައި ނަޒާހަތްތެރިކަން އިސްކުރައްވާ- އޭސީސީ

ވޯޓުލުން ކުރިއަށް ދިޔައިރު ފައިސާ ބެހުމުގައި އުޅުނުކަމަށް ބެލެވޭ މީހެއްގެ މައްސަލަ ބަލަނީ

އޮކްޓޯބަރ 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In