ތިން ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ އިއްޔެ ހަވާލުކުރީ ތ.ގާދިއްފުށްޓާއި ކ.ހުރާ އަދި ސ.ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއެވެ.
މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
ގާދިއްފުށީ ބަނދަރު އަޕްގްރޭޑް ކުރަން ހަވާލުކުރީ 85.7 މިލިއަން ރުފިޔާއަށް 580 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހުރާ ބަނދަރު އަޕްގްރޭޑް ކުރަން ހަވާލުކުރީ 67.8 މިލިއަން ރުފިޔާއަށެވެ. އެއީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ 79.8 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.