ސުކެޓް އެއާރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އިއްޔެ ފަށާފިއެވެ.
ސުކެޓްގެ ފުރަތަމަ ޝެޑިއުލް DV 5374 ފުލައިޓު ރާއްޖެ އައިސްފައި ވަނީ އިއްޔެ މެންދުރު 12:45 ހާ އިރެވެ.
މި ދަތުރުތައް ރާއްޖެއަށް ކުރަނީ ކަޒަކިސްތާނުގެ އެންމެ ބޮޑު ސިޓީ އަލްމަޓީ އިން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓެށެވެ.
ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށި ސުކެޓް އެއާރލައިންގެ ދަތުރުތައް ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ހަފްތާއަކު 2 ދަތުރު ރައްޖެއަށް ބާއްވާނެއެވެ.
މި ދަތުރުތަކުގައި އެ އެއާރލައިނުން ބޭނުންކުރާނީ ބޮއިން 737 މެކްސް މަރުކާގެ މަތިންދާ ބޯޓެވެ.
ސުކެޓް އެއާރލައިނުން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރެއެވެ. މި އެއާރލައިންގެ ފުލީޓުގައި 32 މަތިންދާ ބޯޓުއޮވެއެވެ. މި އެއާރލައިން ވުޖޫދަށް އައީ 1997 ވަނަ އަހަރެވެ.