އަންނައުނު ދޮވެ ހިއްކުމަކީ މިޒަމާނުގައި އެހާ އުނދަގޫ ކަމެއް ނޫނެވެ. އޮޓޯ ދޮންނަމެޝިނުތަކާއެކު އެއްޗެހި ދޮވުމުގައި ދިމާވާ ގޮންޖެހުތަކަށް ހައްލު ލިބުމާއި ވަގުތު ސަލާމަތްވުމުގެ އިތުރުން ހައްޓަށް ވެސް ލުއިލިބުނެވެ.
އެއްޗެހި ދޮވުމުގައި މިހާރު ދިމާވާ ގޮންޖެހުމަކީ އަންނައުނުގައި ޖެހޭ އެކި ކަހަލަ ލައްތަކާއި ކުލަތައް ފިލުވުމެވެ. އެއްޗެހި ދޮވުމުގައި މިކަންކަމަށް ސަމާލުކަންދޭށެވެ.
ކޮންމެ ހެދުމަކީ ތަފާތު ހެދުމަކަށްވާ ފަދައިން ހެދުން ހަދާ ފޮއްޗަކީ ވެސް ތަފާތު އެއްޗެކެވެ. އެހެން ވުމުން ހެދުން ދޮންނަން އެޅުމުގެ ކުރިން ހުރިހާ ބާވަތެއްގެ ހެދުންތައް ވަކިކޮށް ދޮންނަން އެޅުމަކީ ހެދުންތަކުގެ ކުލަ ގެއްލި ހަލާކުވިޔަ ނުދިނުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން އެންމެ ބޮޑަށް ދާވާ ބާވަތުގެ ހެދުންތައް ނުބައި ފުށަށް ޖެހުމަށް ފަރުވާތެރިވާށެވެ. އެހެނީ ހަށިގަނޑުން ބޭރުވާ ދަލާއި މިލަ އަދި ޖަރާސީމު އެންމެ ގިނައިން ހުންނާނީ ނުބައި ފުށުގައެވެ. ހެދުންތައް ދޮންނަ އިރު ނުބައި ފުށަށް ނުޖަހައިފި ނަމަ ރަނގަޅަށް ދާލާއި މިލަ ނުފިލުން އެކަށީގެންވެއެވެ.
ދޮންނަ ކުނޑި ނުވަތަ އޯމޯ ބޭނުން ކުރުމަކީ ހެދުންތަކުން ދާ ފިލުވުމަށް މުހިއްމު ކަމުކަމަކަށްވާ ރުއި މާ މަދުން އޯމޯ ބޭނުން ކުރުމުން ހެދުންތައް ސާފު ނުވުން ވެސް އެކަށީގެންއެވެ. އަދި މާ ގިނައިން ބޭނުން ކުރާނަމަ ދޮންނަ މެޝިނަށާއި ހެދުންތަކަށް ވެސް އެކަމުގެ ސަބަބުން ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ކަންކަން މިހެން ވިޔަ ނުދިނުމަށް ހެޔޮވަރަށް އޯމޯ އެޅުން މުހިންމެވެ.
ދޮވެ ނިމުން ވީހާވެސް އަވަހަށް ހެދުންތައް މެޝިނުން ނަގުމަކީ ނުބައި ވަސް ހިފައި ޖަރާސީމު އާލާވުމުން ނުދިނުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟
ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އެޅުމުގެ ސަބަބުން ހެދުންތަކުގައި ސްޓޭޓިކް ކަރަންޓް ސަބަބުން ޖަހާ ޕާޓިކަލްތައް ޖެހުން ހުއްޓުވާއެވެ. އެލްމެނިޔުން ފޮއިލް އަޅުމުން އެ ޕާޓިކަލްތައް ޖަމާ ވަނީ އެލްމެނިޔުން ފޮއިލްއަށް ކަމުގައިވާތީއެވެ.
އަޖުމަ ބަލާލުމުގެ ގޮތުން މި ފަހަރު ހެދުންތައް ދޮންނަ އިރު އެލްމެނިޔުން ފޮއިލް އެޅާލުން ކިހިނެއް ވާނެ ތޯއެވެ؟