”އައިޓަމް ގާލް“ އެއްގެ ގޮތުގައި މަޝްހޫރުވި ސަލްމާން ޚާންގެ ދޮންމަންމަ ހެލެންގެ ބައޮގްރަފިކަލް ޑްރާމާއަކަށް ޝައުގުވެރިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތުހީ ބުނެފިއެވެ.
އަބޫ ދާބީގައި ބޭއްވި މި އަހަރުގެ އައިފާ އެވޯޑްސްގައި ހެލެންގެ ބައެއް ލަވަތަކަށް ނޯރާ ވަނީ ސްޓޭޖްގައި ނަށައި ޓްރިބިއުޓެއް ދީފައެވެ.
އެ ޕަފޯމަންސަށް ފަހު އިންޑިޔާގެ މީޑިއާތަކުން ހެލެންގެ ބައޯޕިކަކުން ފުރުސަތެއް ލިބިއްޖެ ނަމަ ގަބޫލުކުރާނަންތޯ ދުވާލުކުރުމުން ނޯރާ ބުނީ އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެއްވެސް ޑައިރެކްޓަރަކު އަދި ޕްރޮޑިއުސަރަކު ހެލެންގެ ބައޯޕިކެއް ހަދާ ނަމަ އޭނައާ ދޭތެރޭ ވިސްނާލުން އުންމީދު ކުރާ ކަމަށާއި ހެލެންއަކީ އެފަދަ 2 ވަނައެއް ނެތް ފަންނާނެއް ކަމަށެވެ.
މީގެ އިތުރުން ނޯރާ ބުނީ ހެލެންގެ ހުރިހާ ލަވަތައް ވަރަށް ބަލާފައިވާ ކަމަށެވެ.
އުމުރުން 84 އަހަރު ހެލެން ވަނީ ”ޕިޔަ ތޫ“ އާއި ”އާޖު ކީ ރާތު“، ”އާ ޖާނާ ޖޭ“، ”މޭރާ ނާމް ޗިން ޗިން ޗޫ“ އަދި ”ޔޭ މޭރަ ދިލް“ ފަދަ މަގުބޫލު އެތައް ލަވައަކުން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައެވެ.