މި ފަހަރު މިއޮތީ މަސްދަޅު ބޭނުންކޮށްގެން ތިރީހަކަށް މިނިޓުގެ ތެރޭގައި ކައްކާލެވޭނެ ކެއުމަށް މީރު މަސްބަތްގަނޑެއްގެ ރެސިޕީއެކެވެ. ހުކުރު ދުވަހުގެ މެންދުރުގެ ސުފުރާގައި މި މަސްބަތް ހިމަނާލުން ވަރަށް ރަނގަޅު ވާނެއެވެ.
ބޭނުންވާ ތަކެތި:
1 ފިޔާ
1 މަސްދަޅު
3 ކާފޫރުތޮޅި
¾ ޖޯޑު ހަނޑޫ
¼ 1 ޖޯޑު ފެން
10 ހިކަނދިފަތް
3 އިންޗީ ފޮނިތޮށި
3 އިންޗީގެ ރާނބާފަތް
1/3 ސައިސަމުސާ ރީނދޫ
½ 1 މޭޒުމަތީ ސަމުސާ ތެޔޮ
½ ސައިސަމުސާ މުގުރި ދިރި
½ ގިތެޔޮމިރުސް (ނޫނީ ބޭނުން ވަރަކަށް)
½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
½ ސައިސަމުސާ ނުމުގުރާ ހުރި އަސޭމިރުސް (ނޫނީ ބޭނުން ވަރަކަށް)
ތައްޔާރުކުރާނެ ގޮތް:
- ހަނޑޫ ރަނގަޅަށް ދޮވެފައި އެހަށް ބަހައްޓާށެވެ.
- ފިޔާ ތުނިކޮށް ކޮށާށެވެ.
- ތެއްޔަށް ތެޔޮ އަޅައި ހޫނު ކުރުމަށް ފަހު އޭގެ ތެރެއަށް ފިޔާ، ހިކަނދިފަތް، ރާނބާ، ފޮނިތޮށި، ކާފޫރުތޮޅި، އަސޭމިރުސް އަދި ގިތެޔޮމިރުސް އަޅާށެވެ. ފިޔާކޮޅު މަޑުވެ އެއަށް ރަންމުށި ކުލަ އަރަން ފަށަންދެން ކައްކާށެވެ.
- ރީނދުލާއި ދިރި ތެއްޔަށް އަޅާށެވެ. މިނިޓެއްވަރު އެއްކުރަމުން ކައްކާލާށެވެ.
- ދެން ހަނޑޫކޮޅު އަޅާފައި އަނެއްކާވެސް އެއްކުރަމުން ކައްކާށެވެ. މިފަހަރު 2 މިނިޓެއްހާއިރެވެ.
- ދެން ފެނާއި ލޮނު ތެއްޔަށް އަޅާށެވެ. އަހަރުމެން ¼ 1 ޖޯޑުގެ ފެން ބޭނުން ކުރި ނަމަވެސް ވިސްނަންވީ ހަނޑުލުގެ މައްޗަށް އިންޗިއެއްހާ ފެން ހުންނާނެ ވަރަށް ފެން އެޅުމަށެވެ.
- ހުރިހާ އެއްޗެއް އެއްކޮށްލާފައި ތެލީގެ މަތި ޖަހާށެވެ. ދެން ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ.
- ދެން ގިނި މަޑު ކޮށްލާފައި އެއްކޮށް ފެން ހިނދެންދެން ކައްކާށެވެ.
- ފެން ހިނދުނީމައި އުނދުން ނިވާލާފައި މަސްދަޅު ތެލީގެ ތެރެއަށް އަޅާލާށެވެ. މަސްދަޅު އަޅާނީ މަސްކޮޅު ފެލާލާފައެވެ. ދެން މަޑުމަޑުން ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
- ދެން ތެލީގެ މަތި ޖަހާފައި 3 މިނިޓުވަރު އެއާ ނުކުޅެ ބަހައްޓާލާށެވެ. އެއިރުން އެ ނިމުނީއެވެ.
ނޯޓް: މި ރެސިޕީއަށް ތަކެތި ނަގާފައި އެވަނީ 2 މީހުން ކެއުމަށް ތައްޔާރު ކުރާ ވަރަށެވެ.