ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ކުޅުދުއްފުށި އެއާރޕޯޓަށް ރޭގަނޑުކުރާ ކޮމާޝަލް ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އެ އެއާރޕޯޓަށް ރޭ ޖައްސައިފިއެވެ.
ކުޅުދުއްފުށި އެއާރޕޯޓް ހިންގާ ރީޖަނަލް އެއަރޕޯޓްސް ކޮންޕެނިން ބުނީ ކޮމާޝަލް ރޭގަނޑު ފުލައިޓް ދަތުރު އެ އެއާރޕޯޓަށް މޯލްޑިވިއަނުން ފަށާފައި ވާކަމަށެވެ.
ރޭގަނޑު ފުލައިޓް ކުޅުދުއްފުށި އެއަރޕޯޓަށް ފަށާފައި މި ވަނީ ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ބެއިޖިން ޒެޑްއާރޖީޑަބްލިއު ކޯރޕަރޭޝަން ލިމިޓެޑާއި ހަވާލުކުރި ރަންވޭ އަލިކުރުމުގެ މަސައްކަތުގެ ތެރެއިން ރަންވޭގައި ހަރުކުރާ ނައިޓް ލޭންޑިންގ ސިސްޓަމް ނިންމައި ޓެސްޓު ފުލައިޓްގެ ދަތުރު ވެސް ކުރި ފަހުންނެވެ.
ކުޅުދުއްފުށި އެއާރޕޯޓްގައި ގާއިމުކުރި ލައިޓިން ސިސްޓަމަކީ، ލެޑް ސިސްޓަމެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ މައްސަލަތަށް މަދުވެ ލައިޓުތަކުގެ އުމުރު ދިގުވުމުގެ އިރުތުން ލައިޓިންއަށް ހޭދަވާ ކަރަންޓު ހަރަދު ވަރަށްބޮޑަށް ކުޑަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އާރްސީއޭއެލްއިން ބުނީ ރޭގަނޑު ފްލައިޓް ޖައްސަން ފެށުމާއެކު ކުޅުދުއްފުށި އެއާރޕޯޓުން ދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުވާނެ ކަމަށާއި މިކަމުގެ ސަބަބުން ކުޅުދުށްފުށްޓާއި ކައިރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބި ރޭގަނޑު ވައިގެ މަގުން ދަތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.