އަންނާރަކީ 8-5 މީޓަރާއި ދެމެދުގެ އުސްމިނަކަށް ހެދޭ ގަހެއްގައި އަޅާ ކެއުމަށް މޭވާއެކެވެ. އިރާން އިން ފެށިގެން ހިމާލަޔާގެ އުތުރުގައިވާ އިންޑިޔާގެ ޝަހަރުތަކުގައި ހައްދާ އުޅޭ އަންނާރަކީ ރާއްޖޭގައި ވެސް ހައްދައި އުޅެ މޭވާގެ ބާވަތެކެވެ.
އަންނާރަކީ ސިއްހަތަށް އެތަކެއް ފައިދާ ލިއްބައިދޭ މޭވާއެއް:
އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ މޭވާ ކަމުގައި ބުނެވޭ އަންނާރަކީ ބޭރަށް ހިންގުމުގެ ހާލަތުގައި ފޮނި ތޮށި ކާފޫރު ތޮޅި އާއި އެއްކޮށްގެން ކެއުމުން ބޭރަށް ހިންގުން ރަގަޅުކޮށްދޭ އެއްޗެކެވެ.
އަޑު ކުރަކިވެ، އަޑު ގޮސްފައިވާ ނަމަ އަންނާރު ޖޫސް ބުއިމުން ފަރުވާ އަކަށް ފުދެއެވެ. މާމުޔާއި އެކު ބޭނުން ކުރުމުން ކަންފަތުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ. ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ރަގަޅުކޮށްދީ ކާހިތްވުން އިތުރު ކޮށްދެއެވެ.
ލޮލުގެ ފެނުން ސާފު ކުރުމުގައި ވެސް އަންނާރު ބޭނުންކުރުން އެހީއަކަށް ފުދެއެވެ. ބަނޑުގައި ރިހުން ކުރިމަތި ވުމުން ކުޑަ ލޮނު ކޮޅަކާއި، އަސޭމިރުސް ކޮޅަކާއި، ބޭނުންކުރުމުން ރިހުން ފިލައިދާ ކަމުގައި ބުނެވެއެވެ. ހިރުގަނޑާއި ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރި ވެދެއެވެ.
މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބޯ ނަމަ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީވެދޭ ކަމަށް އެމެރިކާގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން ހެދި ދިރާސާތަކުން ދައްކައެވެ.

މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ބޮޑުވާން ޖެހޭ ވަރަށް ބޮޑު ނުވެ ނުވަތަ އިންޓްރޯޓެރީން ގްރޯތު ރެސްޓްރިކްޝަން (އައިޔޫޖީއާރް) ދިމާވުމަކީ ދަރިފުޅުގެ ސިކުނޑި ވެސް ތަރައްގީވާން ހުރަސްއަޅާ ކަމެއްކަމަށް އެ ދިރާސާގެ ނަތީޖާތަކުން ދައްކައެވެ.
ނަމަވެސް މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބުއިމުން އެކަން ހައްލުކޮށްދިނުމަށް ބާރުއަޅާ ކަމަށް އެ ދިރާސާގައިވެއެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު މަދުވެގެން 8 ތަށި ތާޒާ އަންނާރު ޖޫސް ބުއިމުން، ދަރިފުޅުގެ ސިކުނޑިއަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެން އެހީވެދޭ ކަމަށެވެ.
ދަރިފުޅުގެ ބްރެއިން މެކްރޮސްޓްރަކްޗާއާއި މައިކްރޮސްޓްރަކްޗްރަލް އޮގަނައިޒޭޝަންގެ އިތުރުން ފަންގްޝަނަލް އެކްޓިވިޓީ އަންނާރު ޖޫސް ބުއިމުން ރަނގަޅުކޮށް ދިނުމަށް އެހީވެއެވެ.
އަންނާރަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭނުންކުރުން މުހިންމު މޭވާއެކެވެ. ދިރާސާތަކުން ހާމަވާ ގޮތުން ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު 5 އިންސައްތަ ދަށްވާ ކަމެކެވެ.