އިންޑިއާގެ މަގުބޫލު ސީރީޒް ”ދަ ނައިޓް މެނޭޖާ“ގެ 2 ވަނަ ސީޒަން މި މަހު ގެނެސްދޭން ނިންމައިފިއެވެ.
ފެބްރުއަރީ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރި ދަ ނައިޓް މެނޭޖާ އަކީ އިނގިރޭސި ސީރީޒްގެ ރިމޭކެކެވެ. މި ސީރީޒް ޑައިރެކްޓްކުރީ ސަންދީޕް މޯދީ އާއި ޕްރިޔަންކާ ގޯސްއެވެ.
4 އެޕިސޯޑާއެކީ ގެނެސްދިން ”ދަ ނައިޓް މެނޭޖާ“ގެ މައިގަނޑު ކާސްޓުންނަކީ އަދިތިޔާ ރޯއި ކަޕޫރާއި އަނިލް ކަޕޫރާއި ސޮބީތާ ދުލިޕާލާއެވެ.
ޖޫން 30 ވަނަ ދުވަހު ”ދަ ނައިޓް މެނޭޖާ“ގެ 2 ވަނަ ސީޒަން ޕްރީމިއާކުރަން ހަމަޖެހިފައިވެއެވެ.