ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ވަރޫން ދަވަންގެ ފުރަތަމަ ވެބް ސީރީޒް ”ސިޓަޑެލް އިންޑިއާ“ގެ ޝޫޓިންއަށް ސާބިއާއަށް ދިއުމަށް ތައްޔާރުވެއްޖެއެވެ.
ވަރޫން ދިން އިންޓަވިއުއެއްގައި ބުނީ އެ ގައުމުގައި ސީރީޒްގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޝޫޓްކުރާނެ ކަމަށާއި މި ސީރީޒްގެ މަސައްކަތް ކުރިއަށްދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި މީގެ ކުރިން ނުކުރާ ކަހަލަ މަސައްކަތެއް ކުރަން ލިބުމުން ވަކިން ބޮޑަށް އުފާ ލިބޭ ކަމަށެވެ.
ޝޫޓިންގައި ވަރުން މަސް ދުވަސް ސާބިއާގައި ހޭދަ ކުރާނެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި މި ސީރީޒަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެންގެ ސީރީޒް ”ސިޓަޑެލް“ ގެ ސްޕިން އޮފެކެވެ.