ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް ހޮލީވުޑްގެ ޓެލެންޓެ މެނޭޖްމަންޓް އެޖެންސިއަށް ސޮއިކޮށްފިއެވެ.
ރަންވީރު ސޮއިކުރީ އެމެރިކާގެ ނިއު ޔޯކްގެ ވިލިއަން މޮރިސް އެންޑެވާ (ޑަބްލިއުއެމްއީ)އާ އެކުއެވެ. އެ އޭޖެންސީން ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އަންނަނީ މެނޭޖްކޮށް ދެމުންނެވެ.
ކެރިއަރު ބައްޓަން ކުރުމަށް އެހީވުމުގެ ގޮތުން އިންޑިއާގެ ޓެލެންޓް މެނޭޖްމަންޓް އެޖެންސީ ކަލެކްޓިވް އާޓިސްޓްސް ނެޓްވޯކް (ސީއޭއެން)އާއި ރަންވީރު ވަނީ ދާދި ފަހުން ގުޅިފައެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“އެވެ.