އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.
އެސްޓީއޯގެ ބޯޑުގައި ތިއްބަވަނީ ކޮންމެ ދައުރެއްގައި ވެސް ސަރުކާރު ތަމްސީލު ކުރައްވާ 6 މެންބަރުންނާއި ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ 1 މެންބަރެވެ.
އެސްޓީއޯގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފައި ވަނީ މިރޭ ހުޅުމާލެ، ސެންޓުރަލް ޕާކުގައި ކުރިއަށް ގެންދާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 328 މެންބަރުންގެ ވޯޓުންނެވެ.
މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ފަރާތުން ނިންމާފައި ވަނީ މިދިޔަ ދައުރުގައި ވެސް ސަރުކާރު ތަމްސީލު ކުރި ޑިރެކްޓަރުން ކުރިއަށް އޮތް ދައުރުގައި ވެސް ބޯޑުގައި ދެމެހެއްޓުމަށެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅައި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
އަބްދުﷲ ސައީދު، މެނޭޖިން ޑިރެކްޓާ
ހާމިދު ނަޝީދު މުހައްމަދު، ޗެއާމަން
މުހައްމަދު ނިޒާމް، ޑިރެކްޓާ
ޝިމާދު އިބްރާހިމް، ޑިރެކްޓާ
ގައިސް އިސްމާއިލް، ޑިރެކްޓާ
އިސްމާއިލް ޒުމައިލް ރަޝީދު، ޑިރެކްޓާ
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކޮށްފައި ވަނީ މުހައްމަދު އަހުސަން ސަލީމް، މއ. ތިއުލިޕްވިލާ، ކ، މާލެއެވެ. އޭނާ އިންތިހާބުވީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ 66.08 އިންސައްތަ ވޯޓުންނެވެ.