އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ކުއްލި އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިލްމުވެރިންގެ ގުޅުމުން ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއަށް ދީނީ ގޮތުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައި އާންމުންގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެންފައިވާ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ކުއްލި އާލާސްކަންފުޅެއްގައި މި ވަގުތު އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންދާ ކަމަށެވެ.
ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަދި މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވެއެވެ.
ޝައިޚް މުޙައްމަދު އިބްރާހީމަކީ ރައްޔިތުން ހޭލުންތެެރި ކުރުމަށް ދީނީ މައުޟޫއު ތަކުގައި ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ.