އިންޑިޔާގެ ކޮޗިންއަށް ދާދިދެންމެއަކު ފުރި މޯލްޑިވިއަންގެ ފްލައިޓް Q2706 ފުރިތާ މާގިނައިރެއް ނުވެ އަނބުރާ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސައިފިއެވެ.
މިއަދު މެންދުރު ފަހު ކޮޗިންއަށް ފުރި މޯލްޑިވިއަންގެ Q2706 ފްލައިޓް ފުރިތާ 50 މިނެޓް ފަހު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސާފައި ވަނީ މެޑިކަލް އެމަރޖެންސީ ހަލަތެއް މެދުވެރި ވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
އެމަރޖެންސީ ހަލަތު ދިމާވި ފަސިންޖަރު ބޭލުމަށް ފަހު މިހާރު އެ ފުލައިޓް ވަނީ ކޮޗިންއަށް ދިއުމަށް ފުރާފައެވެ. މި ފުލައިޓު ކޮޗިން އިން މާލެ އައުމަށް ހަަޖެހިފައި ވަނީ މިރޭ 18:30 ހާ އިރެވެ.
ޤައުމީ އެއާރލައިން މޯލްޑިވިއަނުން މި ވަގުތު އިންޓަރނޭޝަނަލް ދަތުރުތައް ކުރަނީ އިންޑިޔާގެ ޓުރެވިންޑުރަމް، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށެވެ.