ހުކުރު, ޖޫން 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ފްލައި ދުބާއީގެ އައްޑޫ ދަތުރުތައް ބިލާހަކަށް ވަނީ ތޯ؟

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
މެއި 26, 2023
ޚަބަރު
0
ފްލައި ދުބާއީގެ އައްޑޫ ދަތުރުތައް ބިލާހަކަށް ވަނީ ތޯ؟

ޔުނައިޓެޑް އަރަބް އެމިރެޓްސްގެ ބަޖެޓް އެއާރލައިން ފްލައި ދުބާއީގެ އައްޑޫ ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއާރޕޯޓަށް ފެށުމަށް ނިންމައިފި އެކަން އިއުލާން ކުރީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ފްލައި ދުބާއީ އިން އޭރު ބުނީ އައްޑޫ ސިޓީއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ކަމަށާއި ސީދާ ދުބާއީ އިން އައްޑޫއަށް ކުރާ މި ދަތުރުތަކުގެ ފުލައިޓް ހަފުތާގެ ކޮންމެ ދުވަހަކު އައްޑު ގަމަށް ކުރާނެ ކަމަށެވެ.

ފްލައި ދުބާއީ ދަތުރާ ގުޅޭ މައުލޫމާތު ހުވަދުއަށް ދިނުން:
ފްލައި ދުބާއީ އިން އައްޑޫ ސިޓީއަށް ކުރާ ދަތުރުތަކުގެ ދަތުރުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް މި އަހަރުގެ ޖެނުއަރީ މަހު ހުވަދު އަތޮޅު ވިލިގިލީ އަދި މާމެންދޫގައި ބޭއްވިއެވެ. މި ސެޝަންތަކުގައި ގަން އެއާރޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ އިސް ވެރިންގެ އިތުރުން އެ އެއާރލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވެސް ބައިވެރިވިއެވެ.

ބައެއް ވިޔަފާވެރިންނާއި އާންމުން ބައިިވެރިވި އެ ސެޝަންގައި ފްލައި ދުބާއީގެ ދަތުރުތައް ރޭވިފައިވާ ގޮތާއި އޭގެ ސަބަބުން އައްޑު ލިބޭނެ ކުރިއެރުންތަކާއި ފަސޭހަތަކާއި އަދި ފްލައި ދުބާއީގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއާރޕޯޓަށް ފަށާތީ އެކަމާ ގުޅިގެން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް މައުލޫމާތު ހިއްސާކުރިއެވެ.

ފްލައި ދުބާއީ ދަތުރުތަށް ފެށުމާއެކު ޤައުމީ އެއާރލައިން މޯލްޑިވިއަން އިން ހުވަދޫ ކަނެކްޝަން ދޭނެ ކަމަށް މޯލްޑިވިއަން ބުނެ ހުވަދޫ އަތޮޅުގެ ރިސޯޓުތަކާއި އެކު މަޝްވަރާތައް ވެސް ކުރިއެވެ. އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އައިޝަތު ޖެނިފަރ ވަނީ އެކަން ކަށަވަރުކޮށް ވެސް ކޮށްދީފައެވެ. މި ދަތުރުތަށް ފެށުމުން ކޫއްޑޫއަށް ފްލައިޓު ޖައްސާތާ 2 ގަޑިއިރު ތެރޭ ކަނެކްޝަން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަންއިން އޭރު ހާމަކުރިއެވެ.

ފްލައި ދުބާއީއާ އެކީ ބޮޑު ކުރިއެރުމެއް އަންނާނެ:
ގަން އެއާރޕޯޓް ހިންގާ، އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވީ ޔޫއޭއީގެ ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން އައްޑުއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ގަން އެއާރޕޯޓަށް ފްލައި ދުބާއީގެ ދަތުރުތައް ފަށަނީ އެއާރލައިނާއެކު މަޝްވަރާ ކުރިއަށްދާތާ 2 އަހަރު ފަހުން ކަމަށެވެ.

އަގުތައް އިއުލާން ކުރުން:
ފްލައި ދުބާއީ އިން އައްޑުއަށް ކުރާ ދަތުރުތަކުގެ އަގުތައް ވެސް އިއުލާން ކުރިއެވެ. އިކޮނޮމީ ކްލާހުގެ ދެކޮޅޫ ޓިކެޓްގެ އަގު ފެށެނީ 550 ޑޮލަރަށް ކަމަށާއި ބިޒްނެސް ކްލާހުގެ ދެކޮޅު ޓިކެޓްގެ އަގު ފެށެނީ 1،600 ޑޮލަރަށެވެ. މި އަހަރުގެ ފެބުރުއަރީ މަހު ދަތުރުތައް ފަށާނެ ކަމަށް ބުނެ ޓިކެޓް ވިއްކާ ފަހުން ދަތުރުތައް ޖޫން މަހުގެ 24 ވަނަ ދުވަހަށް ލަސްކުރިއެވެ.

މި އަހަރުގެ ފެބުރުއަރީ މަހުގެ ދަތުރުތަކަށް ޓިކެޓު ނެގި ފަރާތްތަކަށް އިތުރު ޗާޖަކާއި ނުލައި ޓިކެޓުގެ ތާރީހު ބަދަލުކޮށްލެވޭނެ ކަމަށް އިނާ މޯލްޑިވްސް އިން ބުންޏެވެ.

ޖޫން މަހުގެ 24 ވަނަ ދުވަހު ފްލައި ދުބާއީ އިން އައްޑުއަށް ފެށުން ލަސްކުރި ދަތުރުތައް އަނެއްކާ ވެސް މި ވަނީ މި އަހަރުގެ ވިންޓާއާ ދިމާކޮށް ފްލައި ދުބާއީގެ އައްޑުއަށް ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށް އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ބުނެފައެވެ.

އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅުގެ ރައްޔިތުން އެ ތިބީ ވެރިރަށް މާލެއަށް ނުގޮސް އައްޑޫ ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން ދުބާއީއަށް ސީދާ ދަތުރުކޮށް ލުމަށް ނުހަނު ފެން ބޮވައިގެންފައެވެ.

މި ހުރިހާ ކަމަކަށް ފެން ބޮވައިގެންފައި ރައްޔިތުން ތިއްބާ މި ހުވަފެން ”ފްލައި ދުބާއީގެ އައްޑޫ ދަތުރު“ ބިލާހަކަށް ނުވެ ފެށިއްޖެޔާ ކިތައްމެހާ ވެސް ރަނގަޅެވެ.

މި ދަތުރުތަކާއެކު އައްޑޫ ރައްޔިތުންގެ ޖީބުތައް ޑޮލަރުން ފުރާލުމުގެ އިތުރުން ގަން އެއާރޕޯޓު އިތުރަށް ތަރައްގީވުމުގެ ފުރުސަތު ވެސް އޮތީތީވެ، ފްލައި ދުބާއީގެ އައްޑު ދަތުރުތައް ނުފެށި ބިލާހަކަށް ވެދާނެތީ މި ސުވާލު ހިތުގައި އުފެދުނެވެ.

ގުޅުންހުރި ލިޔުންތައް

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ޖޫން 2, 2023
ގދ.ތިނަދޫގައި ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ގދ.ތިނަދޫގައި ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ޖޫން 2, 2023
ކުށްތަކާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: ފައިޞަލް

ކުށްތަކާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ: ފައިޞަލް

ޖޫން 1, 2023
ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ކަމަށް ވިދާޅުވެ 200 އަށްވުރެ ގިނަ ބިލު މަޖިލީހަށް ހުށަހަޅުއްވަނީ

މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީވެވަޑައިގަތުމަށް ބަންޑާރަނައިބު ނިންމަވައިފި

ޖޫން 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ނަޢީމާ މަރައިލުމަށް ބޭނުންކުރި ތޫނު ދެ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In