ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ރޮޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕޮޓަލާއި އަރބަންކޯއިން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
މިއަދު ހަވީރު ”ރޯޑް ސޭފްޓީ ވޯކް“ ގެ ނަމުގައި ބާއްވާ މި ހިނގާލުމަކީ ހުޅުމާލެ ހޮސްޕިޓަލް، އަރބަންކޯ، ފުލުހުން އެޗްޕީއޭ އަދި ބައެއް އެހެން އެސްއޯއީތަކުން ވެސް ބައިވެރިވެގެން ބާއްވާ ހަރަކާތެކެވެ.
މި ހަރަކާތް ފެށިގެން ކުރިއަށްދާނީ ހަވީރު 16:15ގައި ސިންތެޓިކް ޓްރެކް ސަރަހައްދުން ފެށިގެން 18:00 އަށެވެ.
މި އަހަރުގެ ރޯޑް ސޭފްޓީ ސްލޯގަންއަކީ ”ރީތިންކް މޮބިލިޓީ“ އެވެ.
މި ސްލޯގަންއަކީ ހިނގާބިނގާވެ އުޅުމާއި ސައިކަލް ދުއްވުމާއި ޕަބްލިކް ޓްރާންސްޕޯޓަކީ ރައްކާތެރި އަދި ފަސޭހަ ކަމަކަށް ހެދުން ޕްރޮމޯޓްކުރުމަށް ހަދާފައިވާ ސްލޯގަންއެކެވެ.
ރޯޑް ސޭފްޓީ ފާހަގަކުރުމަށް އަރބަންކޯއާ ގުޅިގެން ހަރަކާތެއް ހިންގަމުން އަންނަ އިރު، އެ ކުންފުނީގެ ފަރާތުން ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރިތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އެގޮތުން ހުޅުމާލޭގެ ޕްލޭންގައި ވެސް މަގުތައް ތަރައްގީކޮށްފައި ވާނީ ޖާގައިގެ ގޮތުން ތަނަވަސް ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ދުއްވާ އެއްޗިއްސައްވެސް ފަސޭހަވާނެ ގޮތަށެވެ.
މީގެ އިތުރަށް މަގުތަކުގައި ބަސް، ބައިސްކަލު، އަދި ސައިކަލަށް ލޭންތައް ވަކިކޮށް، ހިނގާ މީހުންނަށް ޕޭމަންޓުތައް ފަސޭހައި ބޭނުންކުރެވޭނެ މަގުވެސް އެ ކުންފުނިން ހަދާފައިވާނެއެވެ.