ކެންސަރު ޖެހިފައިވާ ކުއްޖަކަށް ސަލްމާން ޚާން އެހީތެރިވެ ދިނުމުން ސަލްމާން ޚާން އަކީ ރަން ހިތެއްގެ ވެރިއެއްކަމުގައި ފިލްމީ ތަރިއެއްކަމުގައިވާ ސުނިލް ޝެޓީ ބުނެފިއެވެ.
ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިއެއްކަމުގައިވާ ސުނިލް ޝެޓީ ސަލްމާނަށް ތާރީފުކޮށް ވާހަކަދެއްކި އިރު، ސަލްމާނަކީ ދީލަތިކަން އިންތިހާއަށް އިސްކުރާ މީހެއްކަން ވަރަށް ގިނަ ފަހަރަށް ފާހަގަކުރެވިފައި ވެއެވެ.
ސަލްމާން ޚާނަކީ ބަލިމީހުންނަށާއި އެހީތެރިކަމަށް ބޭނުންވެފައި ތިބޭ ފަގީރުންނަށް އެހީތެރިވެދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ވިޔަސް އެ ވާހަކަދައްކައި އިޝްތިހާރު ވުމަށް މަސައްކަތް ކުރާ މީހެއް ނޫނެވެ. ނަމަވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ސަލްމާނުގެ އެކުވެރީންނަށް އެކަން އެނގެއެވެ. ސުނިލް ޝެޓީއަކީ އޭގެތެރޭގައި ހިމެނޭ މީހެކެވެ.
ފިލްމު ކުޅެގެން ސަލްމާން ރީތި ނަން ހޯދާފައިވާ ގޮތަށް އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ރޮނގުން ވެސް ސަލްމާން ވަނީ އެތައް މިލިއަން ބައެއްގެ ހިތުން ޖާގަ ހޯދާފައެވެ.