ރާއްޖޭގައި އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ހުޅުވައިފިއެވެ.
މި ހައިކޮމިޝަން ގާއިމުކޮށްފައިވަނީ ހޮޓެލް ޖެންގެ 5 ވަނަ ފަންގިފިލާގައެވެ.
ހައިކޮމިޝަނުން ބުނީ ކޮންސިއުލަރ ޚިދުމަތްފަދަ ބައެއް ޚިދުމަތްތައް އެ ކޮމިޝަނުން ލިބޭނެ ކަމަށާއި ނަމަވެސް ވިސާ އަދި ޕާސްޕޯޓާ ގުޅުންހުރި ޚިދުމަތްތައް އަދިވެސް ފޯރުކޮށްދޭނީ ލަންކާގެ ކޮލަމްބޯގައި ހުންނަ ހައިކޮމިޝަނުން ކަމަށެވެ.
ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ހުޅުވުމާ ގުޅިގެން ވަރަށް އުފާ ކުރައްވާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ, އައު އުސްމިންތަތަކަށް ދާނެކަމަށް ޔަގީންކުރައްވާ ކަމުގައެވެ