”ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ“ ގެ ޕޯސްޓަރުތައް ޑައިރެކްޓަރު ކަރަން ޖޯހަރްގެ 51 ވަނަ އުފަން ދުވަހާ ގުޅުވައިގެން ދައްކާލައިފިއެވެ.
ޖުލައި މަހުގެ 28 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ކަރަން ޑައިރެކްޓް ކުރި ފިލްމެއްގައި ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ މި ރޮމޭންޓިކް ކޮމެޑީގެ ބަތަލާ އަކީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާ ބަޓެވެ.
ދަރްމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާޒް އާޒްމީ މި ފިލްމުގެ ކާސްޓުގައި ހިމެނޭ އިރު އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ވެސް ފިލްމުގެ ހާއްސަ ފެނިލުންތަކުން ފެނިގެންދާނެއެވެ.