ނިކަމެތިންނާއި ނުކުޅެދޭ މީހުންނަށް އެހީވަމުން އައި ގ.ނީރުވީކް އަހުމަދު ހިޝާން ފުނޑާލަން ފަންޑުކުރީ ޒެނީޝާ ކަމަށާއި އެ ކަމުގެ އަޑީގައި ފުލުހެއް ވެސް ބައިވެރިވާ ކަމަށް ހިޝާން ބުނެފިއެވެ.
މި ވަގުތު ތުރުކީގެ އިސްތަންބޫލްގައި ހުރެ ހިޝާން ފޭސްބުކުގައި ކުރި ފޯސްޓުގައި ބުނެފައި ވަނީ ސޫސަން އިބްރާހިމް ފުޅުޅާއި އެމްވީ ކުރިސަސްގައި ލިޔެފައި އޮތީ އޭނާއަކީ ފިލައިގެން ދިޔަ މީހެއް ކަމަށާއި ނަމަވެސް އޭނާ ފިލައިގެން ރާއްޖެ ދޫކޮށް ދާންޖެހޭ ނީ ކޮންކަމަކާތޯ ވެސް ސުވާލު އުފައްދާފައެވެ.
ހިޝާން ބުނީ އޭނާ ފިލައިގެން ދާންޖެހޭ އެއްވެސް މައްސަލައެއް އެއްވެސް ތާކު ނޯންނާނެ ކަމަށެވެ.
ފޭސްބުކު އެ ފޯސްޓުގައި ހިޝާން ވަނީ ދިވެހި ފުލުހުން ހިދުމަތުން ދުކުރާ ކުށުގެ ރެކޯޑް (ޕޮލިސް ސެޓިފިކެޓް) ވެސް ހިއްސާކޮށް ބުނެފައި ވަނީ މީއީ އަހަރެން ވަޒީފާގެ ބޭނުމަށް މިއަދު ނަގާފައިވާ ޕޮލިސް ރިޕޯޓު ކަމަށެވެ.
ޤައުމު ދޫކޮށް ތުރުކީގެ އިސްތަންބޫލަށް ދިޔައީ އިބްރާހިމް ފުޅުޅާއި ޖެނިފާ ލަތީފު އަދި ޒެނީޝާ ޝަހީދު ޒަކީ، ހިޝާން މަރާލަން މަސައްކަތް ކުރާތީ ކަމަށް އޭނާ ބުނެއެވެ. އެކަމުގެ އަޑީގައި ފުލުހަކު ވެސް ބައިވެރިވާ ކަމަށް ވެސް ހިޝާން ވަނީ ބުނެފައެވެ.
އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ޤައުމު ދޫކޮށް ދިޔާއި ކަމަށް ހިޝާން ބުނެއެވެ.
ހިޝާންގެ އަތުގައި އެ މީހުން އެކަން ރޭވި ކަމުގެ ހެކި އެބަހުރި ކަމަށާއި ހިޝާން ދުއްވާލަން ފުނޑާލަން ފަންޑުކުރީ ޒެނީޝާ ކަމަށާއި އޭނާއާއި ދެކޮޅަށް މައްސަލަ ހުށަހެޅީ ވެސް ޒެނީޝާ ކަމަށް ހިޝާން ވަނީ ތުހުމަތުކޮށްފައެވެ.
ބައިނަލް އަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނެއް ޑިސެމްބަރު 2019 ގައި ބޭއްވި ރިވެލި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މި ހާރުގެ ސަރުކާރުން ”އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ“ ކަން ހިޝާންއަށް ދެއްވީއެވެ.

ނަމަވެސް އެމްބެސެޑަރ ކަމުން ހިޝާން ދުރުކޮށް ބުނެފައި ވަނީ، އިޖުތިމާއީ ގޮތުން ހިދުމަތް ކުރެއްވުމަށްޓަކައި އޮނަރަރީ މަގާމު ތަކުގައި ހުންނަވާ ފަރާތްތަކަކީ، ނަޒާހަތްތެރި، އަދި އާއްމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމަށެވެ.
ނަމަވެސް އަހުމަދު ހިޝާން އާ ގުޅުން ހުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ އޮނަރަރީ މަގާމުން ހިޝާން ދުރުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު ނެރުނު ކުރު ބަޔާނުގައިވެއެވެ.
ނުކުޅެދޭ ކުދިން ބަލާކަމަށް ހެދިގެންއުޅެފައި އެކުދިންގެ ދުވަސްދުއްވާލީ. މިހާރު މިނާކުޅޭ ކުޅީގެ ބަހަނާ ދައްކައިގެން ތުރުކީވިލާތުގެ ހިމާޔަތް ހޯދައިގެން ފިލާގެން މިއުޅެނީ.
އިބްރާހިމް ފުޅުޅާ އަކީ ކާކު؟
ޒެނީސާ ޢަކީ ކާކުކަން ނޭގޭ މީހުންނަށް ޢެއީ ކާކުކަން ޢެނގޭ ޥަރު ހަބަރު ލިޔާއިރު ކޮށްލާނަމަ
ޔާމީންގެ ވެރިކަމުގަ ޖެންޑަރ މިނިސްޓަރ. ދައުލަތަށް ހިދްމަތްކުރި ޝަހީދު ޒަކީގެ ދަރި ކަނބަލުން.
ކީކޭ ބުނާނީ؟ މީނާ ކުޑަކުދިންނަށް އެހީވާން ކަމަށް ހަދައިގެން އެ ކުދިންނާ ބެހެންވެގެން އުޅެނީ ކަމަށް ވަނީ އިނގޭ! މީނާގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ދެކެނީ!
ފުލުހުން ،ޖެންޑާ ،ރައްޔިތުންގެމަޖިލިސް، ޕޮލިސް، މި ހުރިހައި ތަނަކުން މައްސަލަ ބަލާފަ މައްސަލައެއް ނެތް ކަމަށް ނިންމީ އެވެ.. މީ ގާނޫނު ގައި ހަނު ހުރެވޭ ޒާތުގެ ކުށެއް ވެސް ނޫނެވެ.. އެންމެ ކުއްޖަކު ހުރި ނަމަ ވެސް ލާހިކެއް ނޫން ސަލާމަތް ވާކަށް… މިތަނުން ދޮގު ހަދަނީ ވާހަކަ ދައްކާ މީހުން ބާއެވެ ނުވަތަ އޭނަބާ.. ފުލުހުން އޭނާގެކުށެއް ނެތް ކަމަށް ނިންމީމަ ދެން ކާކު ދައްކާ ވާހަކައެއް ތޯ ގަބޫލު ކުރަންވީ..