މޯލްޑިވްސް މިއުޒިކް ފެސްޓިވަލެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.
މިއީ ރާއްޖޭގައި މާކެޓިން ޕީއާރްގެ މަސައްކަތް ކުރާ ބްލިންކްސް މީޑިއާ އިން ނެޝަނަލް ސެންޓަ ފޯ ދި އާޓްސްއާއި ގުޅިގެން ”މޯލްޑީވްސް މިއުޒިކް ފެސްޓް“ ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ފެސްޓިވަލެކެވެ.
އޮލިމްޕަސް ސިނެމާގައި އަންނަ މަހުގެ 15 އިން 16 ގައި ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވާ ފެސްޓިވަލްގައި ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހުނަރު ދައްކާލާނެއެވެ.

މިއީ ދިވެހި ފަންނާނުން ކުރިއެރުމުގެ މަގުސަދުގައި ބާއްވާ މިއުޒިކް ފެސްޓިވަލެކެވެ.