ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ރިއަލްމީ ބްރޭންޑް ފޯނުގެ އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.
ޗައިނާގެ ކުންފުނިން ޝާހްރުކް ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސުމަށް ފަހު ބުނީ އޭނާއާއެކު ގެންދެވޭ ޕްރޮމޯޝަނަލް ކެމްޕޭންތަކުގެ ސަބަބުން ފޯނަށް ބޮޑު މަގުބޫލު ކަމެއް ލިބޭނެ ކަމަށާއި ރިއަލްމީ ކަހަލަ ބްރޭންޑެއް އިޝްތިހާރުކޮށް ދޭން ޝާހްރުކަކީ 1 ވަނައިގެ ތަރިއެއް ކަމަށެވެ.
އުމުރުން 57 އަހަރުގެ ޝާހްރުކްއަކީ ގިނަ ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް ދީގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބޮލީވުޑްގެ އެއް ފަންނާނެވެ.