އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ބަންޑުންޖަހައިލި ”ލޫ ޕެންގް ޔުއާން ޔޫ 28“ ބޯޓުގެ ފަޅުވެރިން ހޯދުމަށް ޗައިނާ އިން އެކި ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރަމުން ދަނިކޮށް ޗައިނާގެ މަސްވެރިކަން ކުރާ އުޅަނދުން ގެއްލުނު 39 ފަޅުވެރިންގެ ތެރެއިން 14 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އަވައްޓެރި ސްރީ ލަންކާގެ ކަނޑުގެ ސިފައިން ބުނެފިއެވެ.
މި މަހުގެ 16 ވަނަ ދުވަހުނބަންޑުންޖަހައިލި މި އުޅަނދު ފެނިފައި ވަނީ އޮސްޓްރޭލިޔާގެ ޕަރތްގެ ހުޅަނގުން 5,000 ކިލޯމީޓަރު ދުރުން ލަންކާގެ އަސްކަރީ މަނަވަރަކަށް ކަމަށާއި އެ ބޯޓުގެ ތެރެއިން 14 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ލަންކާއިން ވަނީ އިއުލާނުކޮށްފައެވެ.
އެ ބޯޓު ބަންޑުންޖަހައިލީ ތޫފާން ފެބިއަންއާ އެކު ރާޅު ބޮޑުވެ، ކަނޑުގަދަވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި ޗައިނާގެ ބުނެއެވެ.
12 މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ބޯޓުގެ ތެރެއިން ކަމަށާއި އިތުރު 2 މީހެއްގެ ހަށިގަނޑު ފެނުނީ ޑައިވަރުންގެ ޓީމުތަކަށް ލަންކާގެ ކަނޑުގެ ސިފައިން ބުނެއެވެ.
މި ހާދިސާގައި ހިނގި އިރު އެ މަސްބޯޓުގައި ތިބީ ޗައިނާގެ 17 މީހުންނާއި އިންޑޮނީޝިއާގެ 17 މީހުންގެ އިތުރުން ފިލިޕީންސްގެ 5 މީހުންނެވެ.
ބަންޑުންޖަހައިލާފައި ވަނީ ޗައިނާގެ ސަރުކާރުގެ މަސް ކުންފުނި ޕެންގްލައި ޖިންގްލޫ ފިޝަރީޒް ކޮމްޕެނީން އޮޕަރޭޓް ކުރާ އުޅަނދެކެވެ.