ރާއްޖޭގެ އެންމެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއް ހަސިލް ވެއްޖެ ކަމަށާއި ނަމަ ވެސް ސަރުކާރުން ސުނީއަށް މުނިފޫހިފިލްވުމުގެ ދާއިރާއިން ހިއްވަރު ނުދިނީ ކިއްވެތޯ ސުވާލު އުފައްދައިފިއެވެ.
ސުނީތާ އަލީ (އޯނަރ ސުނީ ސުޕެޝަލް ޕުރޮޑަކްޝަން) ފޭސް ބުކް ފޭޖުގައި ކުރި ފޯސްޓުގައި ބުނެފައި ވަނީ އެތައް ބައެއްގެ ލޯތްބާއ ހެޔޮ ދުއާ ލިބިއްޖެ ކަމަށާއި 29 އަހަރު މެދުކެނޑުމެއްނެތި އަޅުގަނޑު މި ކުރު ބުރަ މަސައްކަތް ރާއްޖެއާއި ބޭރުގެ އެތައް ބަޔަކު މިއަދު ބަލައިގަނެފި ކަމަށެވެ.
މުނިފޫހި ފިލްވުމުގެ ދާއިރާއިން ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއް މިއަދު ހާސިލްވެއްޖެ ކަމަށެވެ.
ނަމަވެސް ހަމައެކަނި ނުލިބުނީ ދިވެހި ރާއްޖޭގެ ސަރުކާރުން ދޭ ހިތްވަރުދިނުމުގެ އިނާމު، ނެށުމާއި ކޮރެއޮގުރަފީގެ ދާއިރާއިން، އެއީ ކިއްވޭ؟ ސުނީ ސުވާލު ނިންމާލީ ސޭޑް އިމޯޖީ އަނުންނެވެ.
ސުނީގެ ބައެއް ފޭނުންގެ އެ ފޯސްޓަށް ކޮމެންޓުކޮށް ބުނެފައި ވަނީ އަދި ހިތްވަރު ކުރުމަށާއި ކުރިއަށް އޮތްތަނުގައި އަދި ލިބޭނެ ކަމަށެ ބުނެ ހިތްވަރު ދީފައިވެއެވެ.
ބައިނަލްއަގުވާމީ ”އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑު 2020/2021“ ސުނީއަށް ލިބިފައިވެއެވެ.
މީގެ އިތުރުން ބޮލީވުޑް އަދި ހޮލީވުޑްގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ފިލްމީތަރި ޕްރިޔަންކާ ޗޯޕްޅާގެ ހާއްސަ އެވޯޑެއް 2015 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހު ގަލޮޅު ފުޓުބޯޅާ ދަނޑުގައި އޮތް ރަސްމިޔާތެއްގައި ޕްރިޔަންކާގެ އަތުން ސުނީއަށް ދީފައިވެއެވެ.
1994 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ސުނީއަކީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުޅަދާނަ ހުނަރުވެރި ފަންނާނެކެވެ.
އުއްމީދު ކަނޑާނުލާ. އަދި ލިބޭނެ. ތިކަމުގައި ކުރިއަށް ދާންވީ. މިފަހަރު އިނާމަށް ކުރިމަތިނުލަމޯ ސުނީތާ ބުނިކަމަށްވޭ