އެމެރިކާއިން އިންޑިޔާއަށް އެއާރ އިންޑިޔާގެ ފްލައިޓެއްގައި ދަތުރުކުރި އުމުރުން ދުވަސްވީ ފަސިންޖަރަކު މައިތިރިކުރުމަށްޓަކައި ބޭހާއި ގަދަބާރުގެ ބޭނުންކޮށްފިއެވެ.
އުމުރުން 70 އަހަރަށްވުރެ މަތިވެފައިވާ އިންޑިޔާގެ ފިރިހެނަކު ބިޒިނަސް ކުލާހުގައި އަނބިމީހާ ގޮވައިގެން ދަތުރުކުރީ އެމީހާގެ ހަރަކާތްތަކަށް ބަދަލު އައީ އެމެރިކާއިން ފުލައިޓް ނައްޓާލިތާ ގާތްގަޑަކަށް 3 ގަޑި އިރު ފަހުން ކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓު ވަނީ ކޮށްފައެވެ.
ފުލައިޓް އެޓްލާންޓިކް ކަނޑުގެ މަތީގައި އުދުހެމުންދަނިކޮށް މަތިންދާބޯޓުތެރޭގައި މޮޔަބޮޑުވެގެން އުޅުން އެމީހާ ބޭނުންވީ ބޯޓު ހުއްޓުވައި ދޮރު ހުޅުވުމަށެވެ.
ދޮރުހުޅުވުމަށް ބުނެ އަޑުގަދަކޮށް ހަޅޭލެވުމުން ފުލައިޓް ކުރޫން އިން އެ ކަމަށް ހުރަސްއެޅުމުން ކުރޫއިންނަށް ދިމާ ކުރިއެވެ. އޭނާގެ އަނބިމީހާ އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އޭނާގެ ކަރުގައި ހިފައި މަރާލުމަށް މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އޭނާ ސަލާމަތް ކުރީ އެހެން ފަސިންޖަރުންނެވެ. އޭގެ ފަހުން ދަތުރު ނިމެންދެން އަނބިމީހާ އޮތީ އިކޮނޮމީ ކުލާހުގައި ފިލައެވެ.
ގާތްގަޑަކަށް 10 ގަޑި އިރު މި ސަކަރާތެއް ޖެހިފަހުން މުޅިން ހަމަޔަކަށް އެޅުނީ ދަތުރުވެރިންގެ ތެރެއިން ޑޮކްޓަރަކު އެމީހާއަށް ގަދަކަމުން ބޭހެއްދީގެންނެވެ.
އިންޑިޔާއަށް އެ ފުލައިޓް ޖެއްސުމާއެކު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސް މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިޒާތުގެ ކަންކަން ފަހަކަށް އައިސް އިންޑިޔާގެ ދަތުރުވެރިންގެ ފަރާތުން އަންނަނީ ގިނަވަމުންނެވެ.