ކްރައިމިޔަން-ކޮންގޯ ހެމޮރެޖިކް ފީވަރ (ސީސީއެޗްއެފް)ގެ ނަން ދީފައިވާ ނުރައްކާތެރި ބައްޔެއް ޖެހި އިރާޤުގައި 13 މީހުން މަރުވެއްޖެއެވެ.
ކްރައިމިޔަން-ކޮންގޯ ހެމޮރެޖިކް ފީވަރ ވައިރަސްގެ ޒަރީއާއިން ފެތުރޭ މި ބައްޔަކީ އެފްރިކާ، އޭޝިޔާ، މެދުއިރުމަތި އަދި ވިލާތުގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ކުޑަ ސޫތްޕެއްގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.
އިރާޤުގައި އެންމެ ހަލުވިކަމާ އެކު މި ބަލި ފެތުރެމުން ދަނީ ދެކުނުގައިވާ ދީ ޤަރްގައި ކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ހާމަކުރެއެވެ.
ވަރަށް ފަސޭހައިން ޖަނާވަރުންގެ ފުށުން އިންސާނުންނަށްގެ ހަށިގަނޑަށް އަރާ މި ބަލި ފަތުރާ ސޫތްޕަކީ ބައެއް ޖަނަވާރުތަކުގެ ހަމުގައި ދިރިއުޅޭ އެއްޗެކެވެ.
މި ބަލި ފަތުރާ ސޫފި އަންމުކޮށް ދިރިއުޅޭ ޖަނަވާރުތަކުގެ ތެރޭގައި ގެރިބަކަރީގެ އިތުރުން ނައަމްސޫފީގެ ގޮތުގައި ގެންގުޅޭ އެހެން ޖަނަވާރުތައް ހިމެނެއެވެ.
ހުންއައުމާއި، ބޮލުގައި ރިހުމާއި ބޮލަށް އެނބުރުން އެރުމާއި، މަސްތަކުގައި ރިހުމުގެ އިތުރުން ބަނޑުގައި ރިހުން މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. މި ބަލީގެ ހާލަތު ގޯސްވެ ހަށިގަނޑުގެ ބައެއް ތަންތަނުން ލޭއަންނަ އިރު މި ބަލި ޖެހޭ މީހުންގެ 40 އިންސައްތަ މީހުންގެ ފުރާނައަށް ނުރައްކާވެއެވެ.