ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން އަނެއްކާ ވެސް އަކްޝޭ ކުމާރުގެ ފިލްމަކަށް ސޮއިކޮށްފިއެވެ.
މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ”ސްކައި ފޯސް“އެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ސަންދީކް ކެލްވާނީއެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ”ސްކައި ފޯސް“އަށް ސާރާ ސޮއިކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ނިމްރިތު ކޯރް ވެސް ހިމެނެއެވެ.