އިންޑިޔާގެ ފިލްމުތަކާއި ޓީވީ ޑުރާމާތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރު ނިތޭޝް ޕާންޑޭ މަރުވެއްޖެއެވެ.
އުމުރުން 51 އަހަރުގެ ޕާންޑޭ ކުއްލި ގޮތަކަށް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
އޭނާ މަރުވި އިރު އަންބަކު ދުނިޔޭގައި އެބަހުއްޓެވެ. އޭނަގެ އަންހެނުންނަކީ ޓީވީ ބަތަލާ އަރްޕިތާ ޕާންޑޭއެވެ.
ޝާހްރުކް ޚާންގެ ”އޯމް ޝާންތީ އޯމް“ އާއި ސަލްމާން ޚާންގެ ”ދަބަންގް 2″ އާއި އާމިރު ޚާންގެ ބާޒީީ“ ގެ އިތުރުން ސައިފް އަލީ ޚާންގެ ”ރަންގޫން“ގައި ޕާންޑޭ ފެނިގެން ދިޔަ އިރު ޓީވީ އިޝްތިހާރުތަކުން ވެސް ފެނިފައިވެއެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ ”ބަދާއީ ދޯ“އެވެ.