ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ގަޔާނާގެ ސްކޫލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 19 ދަރިވަރުން މަރުވެއްޖެއެވެ.
މަހްދިޔާގައި ހުންނަ ސާނަވީ ސްކޫލެއްގެ ޑޯމިޓަރީގައި ދަންވަރު އަލިފާން ރޯވީ ދަރިވަރުން ނިދާފައި ތިއްބާއެވެ.
ނިދާފައި ތިބި ދަރިވަރުން އެ ތަނުގެ ތެރޭގައި ތާށިވެފައި ވާ އިރު މޫސުން ގޯސްވުމުގެ ސަބަބުން އަލިފާންގަނޑު ނިއްވައިލެވުނީ ގިނަ އިރުތަކެއް ފަހުންނެވެ.
ސްކޫލުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަން ފަށާފައިވާ އިރު އެ ތަނުގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާގައި އެ ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން ފިހި އިތުރު ކުދިންގެ ނޭވާލާ ނިޒާމަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުން ފަރުވާދޭން ޖެހުނު ކަމަށާއި ހާލު ސީރިޔަސް ކުދިން ވެރިރަށް ޖޯޖްޓައުންގައި ހުންނަ ހޮސްޕިޓަލްތަކަށް ބަދަލުކޮށްގެން ފަރުވާ ވަނީ ދީފައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާ ސްކޫލް ހުންނަ ސަރަޙައްދަށް ގަޔާނާގެ ބޮޑުވަޒީރު މާލް ފިލިޕްސްގެ އިތުރުން ދާޚިލީ ވަޒީރު ރޯބްސަން ބެން ވެސް ވަނީ ވަޑައިގަންނަވާފައެވެ.