މާބުޅާ ގަސް އާންމުކޮށް ހެދެނީ 1 މީޓަރުގެ އުސްމިނަށެވެ. މާ ހުންނާނީ ރީނދޫ ކުލައިގައި ވަށްކޮށެވެ. މި ގަހުގެ ފަތް ހުންނަނީ ހިތުގެ ބައްޓަމަށެވެ. މި ފަތުގެ ފުޅާ މިނުގައި 25-15 ސެންޓި މީޓަރު ވަރު ހުރެއެވެ. މާބުޅާއަކީ ބޭހަށާއި ކެއުމަށް ބޭނުންކުރާ ފަތްޕިލާވެއްޔެކެވެ.
ރާއްޖޭގެ ރަށްރަށުން އާންމުކޮށް ލިބެން ހުންނަ މާބުޅާ ފަތަކީ ތެލުލައިގެން ކެއުމަށް ވަރަށް މީރު ފަތެކެވެ. އެހެން ކަމުން މާބުޅާ ފަތް ތެލުލާނެ ގޮތުގެ ފަސޭހަ ރެސިޕީއެއް ހިއްސާކޮށް ލާނަމެވެ.
ތެލުލި މާބުޅާ ނުވަތަ ފަތް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
ތެޔޮ
4 ބިސް
2 ޖޯޑުފުށް
ލޮނުކޮޅެއް
20 މާބުޅާ ފަތް
2 ޖޯޑުބައި ފެން
1 ސައި ސަމުސާ މުގުރި އަސޭމިރުސް
ތައްޔާރު ކުރާނެ ގޮތް:
ބިސް ގިރާފައި ފުށް، ފެން ،ލޮނު އަސޭމިރުސް އެއްކޮށް ރަނގަޅަށް ގިރާލާށެވެ.

ތާސް އުނދުން މައްޗަށް އުދާލާށެވެ. ތާހަށް ތެޔޮ އަޅާފައި ކެކިގަތުމުން ގިރާފައި ހުރި ފުށުގެ ތެރެއަށް ފަހަރަކު ފަތެއް ލާފައި ފަތުގެ ދެފަރާތުގައި ގިރާފައި ހުރި ފުށް ހޭކުމަށް ފަހު ތަވާޔަށް ފަތް ލާފައި ތެލުލާށެވެ.
ނޯޓް: މި ފަތް ތެލުލައިގެން ޕާޕަރު ގޮތައް ވެސް ބޭނުން ކުރެވިދާނެއެވެ.